ކޮވިޑުގެ ސަބަބުން ކިރިބާސް ފުރަތަމަ ފަހަރަށް ލޮކްޑައުނަކަށް

ޕެސިފިކްގެ ގައުމެއް ކަމަށްވާ ކިރިބާސް އިން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށުމާއެކު ލޮކްޑައުނަކަށް ގޮސްފިއެވެ.

ދިހަ މަހަށް ފަހު ކިރިބާސް އަށް ބައިނަލްއަގުވާމީ ދަތުރުތައް ފެށިގެން އެންމެ ފުރަތަމަ އައި ފްލައިޓުން 36 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ގިނައީ ފީޖީ އަށް ނިސްބަތްވާ ފަތުރުވެރިންނެވެ.

ކިރިބާސް އަށް ދަތުރުކުރި ފަތުރުވެރިންގެ ފަރާތުން އެ ގައުމުގައި ކޮވިޑު ފެތުރެން ފަށާފައިވާއިރު، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، ހަތަރު މީހަކަށް މިހާރު ވަނީ ކޮވިޑު ޖެހިފައެވެ.

މިދިޔަ ހަފްތާ ނިމުނުއިރު އެ ގައުމުގައި އޮތީ ކޮވިޑުގެ އެންމެ ދެ ކޭހެވެ.

ކިރިބާސްގައި ކޮވިޑު ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި މަޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ. އަދި އިޖުތިމާއީ އެއްވުންތައްވެސް ބޭއްވުން ވަނީ މަނާކޮށްފައެވެ.

ޕެސިފިކްގެ ބައެއް ގައުމުތަކުގައި ކޮވިޑު ނުފެތުރި އޮތަސް އެ ގައުމުތަކުގެ އިގުތިސާދަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.

ކޮވިޑް-ފްރީ ގައުމެއްގެ ގޮތުގައި ކިރިބާސް އޮތްވާ ކޮވިޑުގެ އައު ކޭސްތައް ފެނުމުން މުޅި އާންމު މުޖުތަމައުވެސް ވަނީ ނުރައްކަލަކަށް ވެއްޓިފައެވެ.

އެންމެ 120،000 މީހުންގެ އާބާދީއެއް އޮންނަ ކިރިބާސް އާ އެންމެ ކައިރީގައި އޮތް ބައްރަކީ އުތުރު އެމެރިކާއެވެ. އުތުރު އެމެރިކާ އާއި ކިރިބާސް އާ ދެމެދުވެސް 5000 ކިލޯމީޓަރުގެ ދުރުމިނެއް އޮވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް