ކޮވިޑްގައި ހާލުދެރަ ހަތް މީހަކަށް އައިސީޔޫގައި ފަރުވާދެނީ

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ކޮވިޑަށްތެރެއިން ހަތް މީހަކަށް އައިސީޔޫގައި ފަރުވާދެމުން އެބަގެންދައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހި ހާލުދެރަވެގެން މިހާރު 48 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.

މި ބަލީގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 37 މީހަކަށް ފަރުވާދޭއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ނުވަ މީކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން އައްޑޫ ކޮވިޑް ފެސިލީޓީ އާއި ބ. އަތޮޅު ފެސިލިޓީގައި އެކަކަށް އަންނަނީ ފަރުވާދެމުންނެވެ.

މިއަދު މާލެއިން ޓެސްޓްކުރި 3،635 ސާމްޕަލްގެ ތެރެއިން ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 2349 މީހުންނެވެ.

މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްރަށުން 681 މީހުން އަލަށް ޕޮޒިޓިވްވީއިރު ރިސޯޓުތަކުން 54 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ސަފާރީތަކުން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 114،977އަށް އަރާފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތައް ހުރީ 13،035ގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 269 މީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް