ރައީސް އޮފީހުގެ ވެރިން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި

މާޗް 23، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އޮފީހުގެ ވެރިން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްުޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 19ވަނަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާން ތިބި އެމްއެންޑީއެފް ބޭފުޅުންގެ ކައިރިއަށް މީހަކު ގޮސް އެތާ ތިބި ވެރިން ބޭރަށް ނުނިކުތުމަށާއި ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ދިވެހި ފިރިހެނެއް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާގެ ބަންދަށް ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް ހާޒިރުކުރުމުން, ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ރައީސް އޮފީސް ސަރަހައްދަށް ގޮސް އެތަނުގެ ވެރިންނަށް އިންޒާރު ދީފައިވާއިރު, ދައުލަތެ އެހެން އިސްވެރިންނަށް ވެސް މި ފަހުން ވަނީ އެކި ކަހަލަ އިންޒާރުތައް ދީފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް