އައިސީސީއާރުގެ 34 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު)އިން 34 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލާނެކަން އިއުލާންކޮށްފިއެވެ.

އައިސީސީއާރުން ބުނީ ސްކޮލަޝިޕް ފުުރުސަތުތައް ހުޅުވާލާނީ އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓޫރިޒަމް އަދި އެހެން ދާއިރާތަކުން އިންޑިއާގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ކަމަށެވެ. އެގޮތުން އަންޑަގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީ ކޯސްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް އައިސީސީއާރުން ބުންޏެވެ.

އޭގެ ތެރެއިން އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ކޯސްތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 45 އަހަރުން ދަށުގެ މީހުންނަށެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ އައިސީސީއާރު ސްކޮލަޝިޕް ޕޯޓަލް މެދުވެރިކޮށް، އަންނަ އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 30ގެ ނިޔަލަށެވެ.

އެ ސްކޮލަޝިޕްތަކާ ބެހޭ އިތުރު މައުލޫމާތު އިންޑިއަން ކަލްޗާ ސެންޓަރުގެ ނަމްބަރު 3306612 ނުވަތަ 3306614އަށް ގުޅުމުން ލިބޭނެ ކަމަށް އައިސީސީއާރުން ބުންޏެވެ.

comment ކޮމެންޓް