ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 267އަށް އަރައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް 63 އަހަރުގެ އަންހެނަކު ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން ބުނެފައިވާ އިރު، އެ އިދާރާއިން މިހާރު ވަނީ މިއަދު އިތުރު ދެ މީހަކު މަރުވެފައިވާ ކަން ހާމަކޮށްފައެވެ.

އޭގެ ތެރެއިން އެކަކު މަރުވީ މިއަދު 06:04ގައި ލާމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައެވެ. އެއީ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތިން ވަނަ މީހާ މަރުވީ 9:00ގައި އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައެވެ. އެއީ 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެހެންކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 268އަށް އަރައިފައެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7171 ސާމްޕަލްގެ ތެރެއިން 2137 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 1219 މީހުންނަކީ މާލޭން ޕޮޒިޓިވްވީ މީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް