ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައިފި

ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހިނގި އެކްސިޑެންޓް ----

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ އެކްސިޑެންޓް ހިނގައިފައިވަނީ އޭޕްރޮން މަތީގައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ މި އެކްސިޑެންޓުވީ ސްޓާފުން އުފުލާ ވެހިކަލެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް އެތަނުގައި ހުރި ލައިޓު ޕޯސްޓެއްގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓްވި ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

"ސްޓާފުން އުފުލާ ކުޑަ ކާރެއް އެއީ،" ޝަމްއާން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ މީހުންގެ އަދަދު އަދި ނޭނގޭ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަމްއާން ވިދާޅުވީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވިގޮތް ބަލައި އެކަން އެ ކުންފުނީގެ ސޭފްޓީ އެންޑް ސެކިއުރިޓީ ސައިޑުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ޝަމްއާން ވިދާޅުވީ މި އެކްސިޑެންޓުގެ ސަބަބުން އޮޕަރޭޝަން ހުއްޓުމަކަށް ނާންނަ ކަމަށެވެ.

comment ކޮމެންޓް