ބްރިޖު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ޒުވާނަކު މަރުވެއްޖެ

ބްރިޖްގައި ހިނގި އެކްސިޑެންޓުގައި މަރުވި މުހައްމަދު ހައިކަލް އިސްމާއިލް

ބުރިޖު މަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ ސ. ހުޅުދޫ، ސޯސަން، އުމުރުން 21 އަހަރުގެ މުހައްމަދު ހައިކަލް އިސްމާއިލެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ހުޅުމާލެއިން މާލެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އޮފް ބެލެންސްވެ ވެއްޓިގެން މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ރޭ 19:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"އެމީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި،" އޮފިޝަލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް