ފުލުހުންނަށް ހުތުރު ބަސްލިޔެ، އަނެއްކާ ވެސް ގްރެފިޓީ ކުރަހައިފި

މާލޭގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުހެލިތާ މާ ގިނައިރުތަކެެއް ނުވަނީސް އަނެއްކާވެސް އެތަންތަނުގައި ގްރެފިޓީ ކޮށްފައި -- ސަން ފޮޓޯ

މާލޭގެ ބައެއް ސަރަހައްދުތަކުގެ ފާރުތަކުގައި ކުރަހަފައިފައި ހުރި ގްރެފިޓީތައް ފޮހެފައިވަނިކޮށް، ފުލުހުންނަށް ހުތުރުބަސް ލިޔެ އަނެއްކާ ވެސް ގްރެފިޓީ ކުރަހައިފިއެވެ.

ގްރެފިޓީތައް ފޮހުނީ މާލޭ ސިޓީ ކައުންސިލާއި ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. އެގޮތުން މިމަހު 15 ވަނަ ދުވަހު ގްރެފިޓީތައް ފޮހެ ސާފުކުރަން ފަށައި މިހާރު 27 ތަނަކުން ގްރެފިޓީ ވަނީ ސާފުކޮށްފައެވެ.

ސާފުކޮށްފައި 24 ގަޑިއިރު ވެސް ނުވެ ބައެއް ތަންތަނުގައި ވަނީ ގްރެފިޓީ ކުރަހައިފައެވެ. އެ ތަންތަނުގައި ފުލުހުންނަށް ހުތުރު ބަސްތައް ލިޔެ ގޭންގުތަކުގެ ނަންތައް ވެސް ލިޔެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު އައިިމިނަތު ޝިއުނާ "ސަން"އަށް ވިދާޅުވީ އެކަން މާލޭ ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން މިހާރު ފުލުހުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށާއި އެކަން ކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުނާ ވިިދާޅުވީ ސިޓީ ކައުންސިލުން އަނެއްކާ ވެސް އެތަންތަން ސާފު ކުރާނެ ކަމަށެވެ. ނަމަވެސް ދާއިމީ ހައްލެއް ހޯދައިދޭނެކަމަށް ފުލުހުން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް