ފުވައްމުލަކުގެ ކުރީގެ މޭޔަރަށް ޕްލޭނިންގެ ޑެޕިއުޓީ މިނިސްޓަރުކަން

އަބްދުﷲ ފަލާހް ޝަރީފް

ފުވައްމުލަކުގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފިއެވެ.

ރައީސްް އިބްރާހިމް މުހައްމަދު ސޯލިހު، ފަލާހު އެ މަގާމަށް އައްޔަން ކުރައްވައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށްޓަކައި ފަލާހް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވޭ ގޮތް ނުވުމުން އިންތިހާބުގައި ވާދަކުރެއްވޭ ގޮތެއް ނުވިއެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރައާއި އެލަވެންސްގެ ގޮތުގައި ކޮންމެ މަހަކު 35،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 20،500 ރުފިޔާއާއި 15،000 ރުފިޔާގެ އެލަވަންސެކެވެ.

comment ކޮމެންޓް