ކޮވިޑު އަދަދުތައް މެކުހަށް، މިއަދު އެކަނި ވެސް 1200އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑައިރު ތެރޭގައި ރާއްޖެއިން ޓެސްޓްކުރި 5،061 ސާމްޕަލްގެ ތެރެއިން 1209 މީހަކުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ 575 މީހުންނެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 408 މީހުން އަލަށް ޕޮޒިޓިވްވީއިރު ރިސޯޓުތަކުން 155 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ސަފާރީތަކުން ޕޮޒިޓިވް އަދަދު އުޅެނީ ހަތަރެއްގައެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 103،581 އަށް އަރާފައެވެ.

އެކްޓިވް ކޭސްތައް 5،975 ގައި ހުރިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 26 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 265 މީހުންނެވެ.

ކޮވިޑުގެ ހާލަތު އަނެއްކާވެސް ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަ މި ދުވަސްވަރުގައި ހުން އައިސް ބޭރަށް ހިންގުމުގެ ރޯގާއެއް ވެސް އަންނަނީ މާލެ ހިމެނޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފެތުރެމުންނެވެ.

comment ކޮމެންޓް