ސިވިލް ކޯޓުގެ ގާޒީކަމަށް 23 ބޭފުޅަކު ކުރިމަތިލައިފި

ފެބްރުއަރީ 15، 2021: ޖަސްޓިސް ބިލްޑިންގ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލްކޯޓުގެ ގާޒީ ކަމަށް 23 ބޭފުޅަކު ކުރިމަތިލާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ގާޒީކަމަށް ދެ ބޭފުޅަކު ހޮވުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވެފައި ވަނީ މިއަދަށެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލީ ބޭފުޅުން

1. އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫ

2. ނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫ

3. އުއްމުކުލްސުމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ

4. އަލީ ރިޒާ / ދަފްތަރު ނަންބަރު ރސ 7172 މާލެ

5. ޝުކުރުﷲ ޝަކީލް / ސިޔާމާމަންޒިލް، އއ. ފެރިދޫ

6. ސުލައިމާން މުހައްމަދު / ނޫރާނީގެ، ޅ. ކުރެންދޫ

7. މުހައްމަދު މޫސާ / ސިނަމާގެ، ޅ.ނައިފަރު

8. އިބްރާހީމް އަލީ / ގ.އަންމޯލް، ކ.މާލެ

9. އަބްދުލްމުހްސިން ޢަބްދުލްޙަކީމް / އާކުރި، ގއ. ނިލަންދޫ

10. މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ

11. އަބްދުﷲ މިފްރާޒް ނިޒާރު / ގ.އޮށްޓަރު، ކ.މާލެ

12. ޒުލައިޚާ ޝީޒާ / ފިތިރޯނުގެ، ސ.ފޭދޫ

13. ސައްޔާޙް ޚަލީލް/ ހިތިލާގެ، ގއ.ކޮލަމާފުށި

14. ޙަމްދޫން ރަޝީދު / ފަޒާ، ށ.ފޯކައިދޫ

15. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި

16. ޢަބްދުﷲ ފަހުމީ / އަލިމަސްގެ، ގއ.ފެމަނަފުށި

17. މަނާފް އިބްރާހީމް / މުލަންމާގެ، ގއ.ދާންދޫ

18. އަޙްމަދު ނިމާލް ޖުނައިދު / ފެހިގެ، ގއ.މާމެންދޫ

19. މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ.ދިއްދޫ

20. މުޙައްމަދު ނިޝާޠު / ރީލްމަންޒިލް، ގއ.ކަނޑުހުޅުދޫ

21. ޙަސަން ޝިޔާމް މުޙައްމަދު / ސަދަންވިލާ، ގދ.ވާދޫ

22. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ

23. އަޙްމަދު ޝިފާޢު / ލަކީސްޓަރ، ހއ.މާރަންދޫ

މިވަގުތު ސިވިލްކޯޓުގައި 14 ގާޒީއަކު މަސައްކަތް ކުރައްވައެވެ. އޭގެ ތެރޭގައި ހަތަރު އަންހެން ގާޒީންނާއި ދިހަ ފިރިހެން ގާޒީން ހިމެނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެެރޭގައި ސިވިލް ކޯޓުގައި މަސައްކަތް ކުރެއްވި ގާޒީ އަލީ ނަސީރު އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ އުސޫލުތަކާ ޚިލާފުވިކަން ސާބިތުވެފައިވާތީ އޭނާ ވަނީ މެޖިސްޓްރޭޓުގެ މަގާމަށް ޑީމޯޓްކޮށްފައެވެ.

ޑީމޯޓްކޮށް އޭނާ ބަދަލުކުރީ ވ. ފެލުދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

comment ކޮމެންޓް