ސައިކަލަކުން މަގުމައްޗަށް ވެއްޓުނު ބިޔަރު ދަޅު ކޮތަޅެއް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފި

ދުއްވާފައި ދިޔަ ސައިކަލަކުން މަގުމައްޗަށް ވެއްޓުނު ބިޔަރު ދަޅު ކޮތަޅެއް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، އެ ސައިކަލު ދުއްވާފައި ދިޔައީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ.

ސައިކަލުން މަގުމައްޗަށް ވެއްޓުނު ކޮތަޅަކުން ބިޔަރު ދަޅުތަކެއް މަގުމަތީގައި ހުރި ކަމުގެ މައުލޫމާތު ރޭ 1:26 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، މަގުމަތީގައި ހުރި ބިޔަރު ދަޅުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

މިިދިޔަ ބުރާސްފަތި ދުވަހު މުލީއާގޭ ފާރުގައި ޖެހި އެކްސިޑެންޓްވި ސައިކަލެއްގައި އަޅުވައިފައި އޮތް ކޮތަޅެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ވަނީ ފެނިފައެވެ.

އެ މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް