އެޑްވަޓޯރިއަލް: ގޭގައި ތިބެގެން ފަސޭހަކަމާއެކު ދިރާގުގެ ޚިދުމަތްތައް ހޯއްދައްވާ!

ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ތިބެގެން ފަސޭހަކަމާއެކު ދިރާގުގެ ޚިދުމަތްތައް ހޯދެއްވުމަށް ދިރާގު "މައިއެކައުންޓް"، ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސް ކުރަމެވެ.

އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތަށް އެޕްލައިކޮށް، އަދި ދިރާގުގެ އެކި ޚިދުމަތްތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި ހަމައެހެންމެ ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓާސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލުން ފަދަ ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ. މީގެ އިތުރުން މުޅިން އަލަށް ދިރާގުގެ ޚިދުމަތަކަށް އެދި ކަސްޓަމަރުން [email protected] އަށް އީމެއިލް ކުރުމުން ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތައް މިހާތަނަށް ރެޖިސްޓާ ކޮށްފައިނުވާ ކަސްޓަމަރުންނަށް www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެއެވެ. އެއްވެސް އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖާ، ވައިބާ ނުވަތަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސް ކުރަމެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށެވެ. ދިރާގުން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

comment ކޮމެންޓް