އެޑްވަޓޯރިއަލް: މާލީ ރައްކާތެރިކަމަށްވުރެ ވަކި މުހިންމީ ކޮން ކަމެއް؟

ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަޔާތުގެ ޒުވާން އުމުރުގައި ހާސިލުކުރަން ބޭނުންވާ ބޮޑެތި ލަނޑުދަނޑިތަކެއް ކޮންމެ މީހެއްގެ ވެސް ހުންނާނެއެވެ. ދިރިއުޅޭނެ އަމިއްލަ ތަނެއް ހޯދުން, އަމިއްލަ ވިޔަފާރިއެއް ފެށުން ނުވަތަ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިއުން ފަދަ ބޮޑެތި "ލައިފް ގޯލްސް"އެވެ. އެކަމަކު ހަގީގަތާ ކުރިމަތިލަމާ ހެއްޔެވެ. ރާއްޖޭގެ އިގްތިސާދަކީ އަގުބޮޑު އިގްތިސާދެކެވެ. ގިނައީ ލިބޭ މުސާރައަކުން ދެކޮޅު ނުޖެހޭ މަސްމަހެވެ. އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައިވާ ގޮތުން ފަހަށް ރައްކާކުރުމަކީ އުނދަގޫ ކަމެކެވެ. ޑިގްރީއަށް ކިޔެވުމަށްފަހު 21 އަހަރުގެ ޒުވާނަކަށް ހޯދާ ވަޒީފާއިން އޭނާއަށް ލިބެނީ ކުޑަ މުސާރައެކެވެ. އޭނާގެ ބޮޑެތި "ލައިފް ގޯލްސް" ފުއްދުމާ ގާތަށް ވެސް ނުދެވެއެވެ.

އެހެންކަމުން އޭނާއަށް ބޭނުންވާނީ މާލީ ރައްކާތެރިކަމެކެވެ. މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެކެވެ. އިންވެސްޓް ކުރަމުންދާ މުއްދަތުގައި ނިޔާވެއްޖެނަމަ އޭނާގެ އާއިލާއަށް އެ ފައިސާ ފޯރުކޮށްދޭނެ ވަސީލަތެކެވެ. އިސްލާމީ ޝަރީއާ ކޮމްޕްލަޔަންޓް, އިންވެސްޓްމަންޓް ސްކީމެކެވެ. އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ އަޔާދީގެ "އިންވެސްޓްމަންޓް ތަކާފުލް" އަކީ ހަމަ ސީދާ މި ބޭނުންތައް ފުއްދައިދޭ ޕްލޭނެކެވެ.

ޒުވާނާ, އަޔާދީގެ އިންވެސްޓްމަންޓް ތަކާފުލް ޕްލޭނުގައި ބައިވެރިވެ, 10 އަހަރު ތެރޭގައި 500,000 ރުފިޔާ އެއްކުރުމުގެ ނިޔަތުގައި ކޮންމެ މަހަކު މަދު ފައިސާކޮޅެއް ދައްކަމުން ގޮސް ނިމޭއިރު އޮންނާނީ ބޮޑު އެއްޗެއް ރައްކާކުރެވިފައެވެ.—އަދި އިންވެސްޓްމަންޓް އެކައުންޓުން ބޮޑު ފައިދާ ވެސް ލިބިފައެވެ. މިހާރު 31 އަހަރު ވެފައިވާ ޒުވާނާ އަމިއްލަ އެޕާޓްމަންޓެއް ގަތުމަށް ޑައުންޕޭމެންޓް ދައްކާލެވޭހާ ފައިސާ ހުންނާނެއެވެ. ނުވަތަ ވިޔަފާރިއެއް ފަށަން ރަނގަޅު ރައުސުލްމާލެއް އެއްކުރެވިފައެވެ. ޅަ އުމުރެއްގައި މިއީ ހޯދޭނެ ބޮޑު ކާމިޔާބެކެވެ.

ބޭންކެއްގެ ސޭވިންގްސް އެކައުންޓެއްގައި ފައިސާ ރައްކާކުރަމުން ދަނިކޮށް ޒުވާނާ ނިޔާވެއްޖެނަމަ މައިންބަފައިންނާ ހަމައަށް ފޯރާނީ އެއްކުރި ފައިސާކޮޅު އެކަންޏެވެ. އަޔާދީއާ އެކު ކުރާ 10 އަހަރުގެ ދަތުރުގެ ތެރެއިން ޒުވާނާ ނިޔާވެއްޖެނަމަ, އޭނާ އެއްކުރުމަށް ކަނޑައެޅި ޖުމްލަ ފައިސާއާއި އެ ދުވަހާ ހަމައަށް އިންވެސްޓްމަންޓުގެ ފައިދާގެ ގޮތުގައި ލިބިފައި ހުރި އެއްޗެއް އޭނާގެ މައިންބަފައިންނަށް ނުވަތަ ގާތް އާއިލާއަށް ލިބޭނެއެވެ. އެހެންކަމުން މިއީ މާ ހިތްގައިމު ވެސް ގޮތެކެވެ.

މީގެ އިތުރުން ޕްލޭން ހިނގަމުންދާ މުއްދަތުގައި ޒުވާނާއަށް ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ބޮޑު ބައްޔެއް ޖެހިއްޖެ ނަމަ ވެސް ކަނޑައެޅިފައިވާ ފައިސާގެ އަދަދު އޭނާއަށް ވަގުތުން ލިބޭނެއެވެ.

އަޔާދީގެ އިންވެސްޓްމަންޓް ތަކާފުލް ނަގާ އިރު, އުމުރަށް ބަލާފައި 5 އަހަރާއި 55 އަހަރާ ދެމެދުގެ މުއްދަތަކާއި, އެ މުއްދަތުގައި އެއްކުރަން ބޭނުންވާ ފައިސާގެ މިންވަރު ކަނޑައަޅަން ޖެހެއެވެ. އަދި މި ތަކާފުލް ޕްލޭން ފަށާ މުއްދަތުން ފެށިގެން ފައިސާ ގަވައިދުން ދައްކަމުން ގެންދަން ޖެހެއެވެ. އެ ފައިސާ އަޔާދީ ތަކާފުލްއިން ރައްކާކުރަމުން ދާނީ އިންވެސްޓް އުސޫލުތަކާ އެއްގޮތަށެވެ.

އިންވެސްޓްމަންޓް ތަކާފުލް ޕްލޭނުގެ މުއްދަތު ހަމަވެ, މަހުން މަހަށް އަޔާދީ ތަކާފުލްގައި ފައިސާ "އިންވެސްޓް" ކުރަމުން ދިޔަ މުއްދަތު ހަމަވުމުން އެ ފައިސާ, އިންވެސްޓްމެންޓުގެ ފައިދާއާއެކު އަނބުރާ ލިބޭނެއެވެ.

މި ޕްލޭނުން ލިބެނީ ތިމާ ނެތް ދުވަހެއްގައި އާއިލާ ބިކަވުމުގެ ބަދަލުގައި, އެއްކުރި ފައިސާއާއި އެއިން ލިބުނު ފައިދާއިން އެމީހުންނަށް ފަހި ގޮތްތަކެއް ހޯދެން އޮންނާނެކަމުގެ ގެރެންއެޓީއެވެ. އަދި އެމީހުންނަށް މާލީ ގޮތުން ރައްކާތެރިކަމެއް ކަށަވަރުކޮށްދެވިއްޖެކަމުގެ ހިތްހަމަޖެހުމެވެ.

މި ތަކާފުލް ޕްލޭން ނަންގަވައި, ފަހަށް ފައިސާ ރައްކާކުރުމުގެ ދަތުރު ފެށުމަށް ޓަކައި އަޔާދީ ތަކާފުލްގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅައިގެން ކުރިއަށް ގެންދަވާށެވެ.

comment ކޮމެންޓް