ހދ. ޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އޯޕީޑީ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އޯޕީޑީ އިމާރާތުގެ އަމަލީ މަސައްކަތް ފެށީ ނިމި ދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. މި ޕްރޮޖެކްޓުގެ އަގަކީ 20.22 މިލިއަން ރުފިޔާއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ ބިލްޑިންގ --
މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ރޫމާކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖާ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހަދާނެއެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އޯ.ޕީ.ޑީ އިމާރާތް ހެދުމުގެ އެއްބަސްވުމުގައި @MTCCPlc އާއި އެކު ސޮއިކުރުން
— Ministry of Health (@MoHmv) November 18, 2021
ޕްރޮޖެކްޓްގެ މުއްދަތު: 180 ދުވަސް
➢ 21 ކޮންސަލްޓޭޝަން ރޫމް.
➢ އައު ކާޑިއިކް ސެންޓަރ
➢ ރިސެޕްޝަން އޭރިޔާ
➢ ވެއިޓިންގް އޭރިޔާ
@KRHmv pic.twitter.com/6h0wiwXmhC
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސިއްހީ ހިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އަންނަ ހޮސްޕިޓަލެކެވެ. މީގެ ތެރޭގައި ހދ. އަތޮޅުގައި ދެން ހިމެނޭ 12 ރަށުގެ އިތުރުން ހއ. އަތޮޅުންނާއި ށ. އަތޮޅުގެ ރަށްރަށުން ވެސް ޑޮކްޓަރަށް ދެއްކުމަށް ޓަކައި އެތައް ބަޔަކު ދެއެވެ.
އެހާ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ފަރުވާ ހޯދަން ދާއިރު، އެ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.