ވީއައިއޭއަށް މި މަހު 300 ޖެޓު ޖެއްސި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ---

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި މަހުގެ ތެރޭގައި 300 ޖެޓު ޖެއްސި ކަމަށް އެމްއޭސީއެލްގެ މްއޭސީލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވެއްޖެއެވެ.

އަރީފް ވިދާޅުވީ މިއީ މިދިޔަ އަހަރާ ބަލާފައި ރާއްޖެއައި ގިނަ އަދަދެއްގެ ޖެޓު ކަމަށެވެ.

ހަމަ އެހެންމެ، މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކްއާ ދިމާކޮށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ކްރިސްމަސް އަދި އާ އަހަރު ފާހަގަ ކުރުމަށް ގިނަ މުއްސަނދިންތަކެއް ރާއްޖެ އަންނައިރު ޕްރައިވެޓް ޖެޓުތަކުގައި އަންނަ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.

މި ހިނގާ ޑިސެމްބަރު މަހު ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ވަނީ 136 ޖެޓު ޖައްސައިފައެވެ.

comment ކޮމެންޓް