ޣައިރު މުސްލިމުންގެ ޝިޢާރުތަކުގައި ބައިވެރި ވުމަކީ ޝިރުކުގެ އަމަލެއް: ހުތުބާ

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާތް ﷲ ގެ އެއްކައުވަންތަކަން ނަފީކުރާފަދަ ކަމެއްގައި ބައިވެރިވުން މުސްކިމުންނަށް ހުއްދަ ނުވާނެ ކަމަށާއި، ޣައިރު މުސްލިމުންގެ ދީނީ ޝިޢާރު ތަކުގައި ބައިވެރި ވުމަކީ ޝިރުކުގެ ޢަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

'ކާމިޔާބުގެ މަގު' މި މައުޟޫއަށް އަލިއަޅުވައިލާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ކޮންމެ އުންމަތަކަށް ރަސޫލަކު ފޮނުއްވީ މާތް ﷲ އަށް އަޅުކަން ކުރުމަށާއި، ބުދުތަކާ ދުރުހެލިވާން އެންގެވުމަށް ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަން އިސްލާމީ މުޖުތަމައުން ފެންނަ ކަމަށް ހުތުބާގައި ބުންޏެވެ.

"އިސްލާމް ދީނަށް އިހާނެތިކޮށް ކަންތައް ކުރުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ބާތިލު އަގީދާތައް ފެތުރުމަށް މަސައްކަތް ކުރާ ބަޔަކުވެސް އުޅޭކަމީ ހިތާމަ ހުރި ކަމެއް،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ރޭދުވާ ދައުރުވާ ވަރަކަށް އިންސާނާ އޭނާގެ އަޖަލާ ގާތްވާ ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ އަމަލު ގިނަކޮށ، ނުބައި ކަންތައްތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލިއެވެ.

ގިޔާމަތް ދުވަހުން ހަތަރު ކަމަކާމެދު ސުވާލު ކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އެއީ ޒުވާންކަން ހޭދަކުރި ގޮތާއި، ޢިލްމަށް އަމަލު ކުރި ގޮތާއި އަދި މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތް ކަމަށް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް