34 ވަނަ ގުރުއާން މުބާރާތުގެ މެއިން ޕާޓްނަރަކަށް ދިރާގު

ތިރީސް ހަތަރު ވަނަ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މެއިން ޕާޓުނަރަކަށް ދިރާގު ހަމަޖެހިއްޖެއެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މެއިން ޕާޓްނަރަކަށް އިސްލާމިކް މިނިސްޓްރީ އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ އެކު ދިރާގުން ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

ދިރާގުން މީގެ ކުރިން ވެސް ވަނީ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ތަސާރަ ސަތޭކަ ބައިވެރިންނާ އެކު 12 ކެޓަގެރީއަކުން ކުދިން ބައިވެރިވާ މި މުބާރާތުގައި އަތޮޅު ކައުންސިލްތަކާއި، ސުކޫލުތަކާއި، ގުރުއާން ކުލާސްތަކާއި، ކޮލެޖު ޔުނިވާސިޓިގެ އިތުރުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދަރިވަރުން ބައިވެރިވާނެއެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މައިގަނޑު ބޭނުމަކީ ގައުމީ ފެންވަރުގައި އެކި އުމުރުފުރާގެ ދަރިވަރުން ބައިވެރިވެ ގުރުއާން ކިޔެވުމުގެ ހުނަރު ކުރިއަރުވައި ދަސްކުރުމެވެ.

ދިރާގަކީ އަބަދުވެސް އިސްލާމްދީން ކުރިއެރުވުމަށް ކުރިއަށްގެންދެވޭ މަފަދަ ކަންކަމުގައި އިސްނަގަިގެން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް