ޖާބިރު ހައްޔަރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހައްޔަރުކޮށްފިއެެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ގދ. އަތޮޅު ރަށެއްގައި ހުންނަވަނިކޮށެވެ. ހައްޔަރު ކުރީ ސިވިލް ކޯޓުން އޭނާ ކޯޓަށް ހާޒިރު ކުރަން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.

މީހުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެނީ ކޯޓުން އަންގައިގެން ހާޒިރުނުވުމުންނެވެ. ނުވަތަ ޗިޓް ހަވާލު ނުކުރެވުމުންނެވެ.

ސިވިލް ކޯޓުން މިފަހަކުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ފަހުން އޭނާ ފުރުމުގެ ފުރުސަތު ދިނެވެ.

އއ. މަތިވެރިއަށް މިފަހަކުން ޖާބިރު ވަޑައިގެންނެވި ދުވަހަކު ވެސް ބޮޑެތި ހަމަނުޖެހުންތަކަކާއި ކުރިމަތިލުން ތަކެއް ހިނގިއެވެ.

comment ކޮމެންޓް