ދެވަނަ ފިޔަވަހީގައި ބާރުބޮޑުވާ ވަގުތުތަކު، ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ބާއްވަނީ

ބަސްދަތުރު ކުރުމަށް ބޭނުންކުރާ ބަހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރުބޮޑުވާ ވަގުތުތަކު ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ބާއްވަން އެމްޓީސީސީން ނިންމައިފިއެވެ.

ދެވަނަ ފިޔަވަހީގައި ބަސް ދަތުރުތައް ބަދަލު ކުރީ، ބައެއް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން އަދި އެހެން ގަޑިތަކުގައި ކޮންމެ 30 މިނެޓަކުން ބަސް ދާ ގޮތަށެވެ.

އެގޮތުން ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ފަތިހު 5:45 އިން ފެށިގެން 8:15އާ ހަމައަށް ކޮންމެ 15 މިނިޓަކުން ބަސް ދަތުރު އޮންނާނެއެވެ. އަދި 8:15 އިން ފެށިގެން 11:15ގެ ނިޔަލަށް ކޮންމެ 30 މިނެޓަކުން ބަސް ދަތުރު އޮންނައިރު، 11:15 އިން ފެށިގެން 2:15 އަށް ބަސް ދަތުރު އޮންނާނީ ކޮންމެ 15 މިނެޓަކުންނެވެ.

އެއަށް ފަހު 2:15 އިން 3:00 އަށް ބަސް އޮންނާނީ ކޮންމެ 30 މިނިޓަކުންނެވެ. އަދި 3:00 އިން ފެށިގެން ރޭގަނޑު 8:15 އަށް ބަސް ދަތުރު ކޮންމެ 15 މިނިޓަކުން ބާއްވައެވެ.

އޭގެ ފަހުން ދަންވަރު 12:15އާ ހަމައަށް ބަސް ދަތުރު އޮންނަނީ ކޮންމެ 30 މިނެޓަކުންނެވެ.

ހުކުރު ދުވަހު 5:45 އިން 11:45އަށް ބަސް އޮންނާނީ ކޮންމެ 30 މިނެޓަކުންނެވެ.

އޭގެ ފަހުން ހުކުރު ގަޑިއަށް މެދުކަނޑާލުމަށް ފަހު 1:45އިން 2:45 އަށް ބަސް އޮންނާނީ ކޮންމެ 30 މިނެޓަކުންނެވެ. ދެން 2:45އިން 9:15އަށް ކޮންމެ 15 މިނެޓަކު ބަސް އޮންނާނެވެ.

އެއަށް ފަހު 9:15އިން 12:15އަށް ބަސް އޮންނާނީ 30 މިނެޓުންނެވެ.

https://sun.mv/157498

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަސް ދަތުރު ފެށީ އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ.

comment ކޮމެންޓް