މާފުށީ ޕިކްނިކް އައިލެންޑުގެ ބިން ހިއްކާ ނިންމައިލައިފި

މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކާ ނިންމައިލުން -- ފޮޓޯ/ އެމްޓީސީސީ

ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިންމައިލައިފިއެވެ.

މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

އެމްޓީސީސީ އިން ބުނީ މާފުށީ ޕިކްނިކް އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޓަކައި ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓު ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން، ދެ ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއުއަށް ހަރަދު ކުރާން ނިންމާފައިވަނީ 10.8 މިލިއަން ރުފިޔާއެވެ.

މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކާ ނިންމައިލުން -- ފޮޓޯ/ އެމްޓީސީސީ

މާފުށީ ފަޅު ތެރެއިން ދެ ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ މި ޕިކްނިކް އައިލެންޑަކީ ޗުއްޓީ ދުވަސްދުވަހު، އާއިލާއާއެކު ދަތުރުގޮސް، ހިތް އުފާ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހި ކޮށްދިނުމަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދާ، މަޝްރޫއުއެކެވެ.

comment ކޮމެންޓް