ސޯޝަލް ހައުސިިން ޕްރޮޖެކްޓްތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން އެޑްވާންސް ޕޭމަންޓް ދީފި

އިންޑިއާ އެގްޒިމް ބޭންކު --

އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓަށް 34 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފިއެވެ.

އެ ފައިސާ ދޫކުރުމާއެކު ދެ ހައުސިން ޕްރޮޖެކްޓުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.

އެކްޒިމް ބޭންކް އިން 23 ސެޕްޓެމްބަރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ އިމާރާތްކުރުމަށް 228 މިލިއަން އެމެރިކާ ޑޮލަރު، ބަޔަރޒް ކްރެޑިޓް ގޮތުގައި އިތުރުކޮށް، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ)އާއެކު އެއްބަސްވުންތައް ވަނީ ނިންމައިފައެވެ.

އިމާރާތްކުރުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑަށެވެ. މި ދެ ކުންފުންޏަކީ ރިއަލް އެސްޓޭޓް ތަރައްޤީއާއި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް ބޭރު ގައުމުތަކުގައި ހިންގުމުގައި ތަޖުރިބާކާރު ބައެކެވެ.

މިހާރު މި ސައިޓްތައް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވި، ވަގުތީ ތައްޔާރީތަކުގެ މަސައްކަތްފެށިފައެވެ. މި އިމާރާތްތަކުގެ އާކިޓެކްޗަރަލް ޑިޒައިންގެ ތަފްސީލީ ކުރެހުންތައް ފައިނަލް ކުރުމުގެ މަަސައްކަތް ދިވެހި ސަރުކާރުގެ އިދާރާތަކާއެކު ދަނީ ކުރެވެމުންނެވެ. މިއީ މި އިމާރާތްތަކުގެ ޖާގަ އެންމެ ފަހިގޮތުގައި ބޭނުންކުރުމަށާއި މި އިމާރާތްތަކުގައި ދިރިއުޅޭނެ ފަރާާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ވިހާވެސް މަތިކުރުމަށްޓަކައިއެވެ.

މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ، ތިން ކޮޓަރިއާއި ތިން ފާޚާނާގެ 2800 ޔުނިޓް އަދި 650 އަކަފޫޓުގެ، ދެ ކޮޓަރިއާއި ދެ ފާޚާނާގެ 1200 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތްފޯރާފަށުގައި ގޯތިގެދޮރު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް