ޕްލޭނިން ގަވާއިދު ނެތް ރަށްރަށުގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ 30 މީޓަރަށް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ޕްލޭނިން ގަވާއިދު ނެތް ރަށްރަށުގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ 30.48 މީޓަރަށް ކަމަށް ޕްލޭނިން މިިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިިނިސްޓްރީން އިއްޔެ އާންމު ކުރި 'ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދަށް" ވަނީ އިސްލާހެއް ގެނެސްފައެވެ.

އެ އިސްލާހުގައި ވާގޮތުން، ގަވާއިދު ނެތް ރަށްރަށުގައި އެންމެ އުސްކޮށް އިމާރާތް ކުރާ ވަރު ކައުންސިލުން ކަނޑައަޅައިފިނަމަ، އެކަން ބަޔާންކޮށް ގެޒެޓް ކުރަން ވާނެއެވެ.

މީގެ އިތުރުން އެ ނިންމުން ޕްލޭނިން މިނިސްޓްރީއަށް ލިޔުމަކުން ހިއްސާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ސިޓީތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ޑެކުގެ މަތީކައިރިއާ ހަމައަށް އިމާރާތް ކުރެވޭ އުސް މިން ކަނޑައަޅަން ވާނީ ކުރީގެ ގަވާއިދާ ފުށު ނާރާ ގޮތަށް ކަމަށް އިއްޔެ އާންމު ކުރި ގަވާއިދުގައި ވަނީ ބުނެފައެވެ.

އިއްޔެ ސަރުކާރުގެ ގެޒެޓްގައި މި އިއުލާނު ޝާއިރު ކުރަމުން މިނިސްޓްރީން ބުނެފައި ވަނީ، 30 ދުވަހުގެ ތެރޭގައި މި ގަވާއިދަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.

comment ކޮމެންޓް