ފަސް ސްކޫލެއްގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

‏ސ.އަތޮޅު މަދަރުސާ އަދި އިރުޝާދިއްޔާ ސްކޫލުގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ފަސް ސްކޫލެއްގެ އިމާރާތުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އޭގެ ތެރެއިން ‏އއ. އުކުޅަހު ސްކޫލުގެ 08 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ސޯޅަ މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓާ އަލީ އަހްލަމް ރުޝްދީއެވެ.

ބާކީ ހަތަރު ސްކޫލްގެ މަސައްކަތް ހަވާލުކުރީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ހަތަރު އެއްބަސްވުމުގައިވެސް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަބްދުﷲ ހާނިސް މޫސާއެވެ.

އެގޮތުން ‏ސ.އަތޮޅު މަދަރުސާގެ ހަ ކްލާސްރޫމް އިމާރާތް އަދި ސ.މަރަދޫ، މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ.

‏ސ. އަތޮޅު މަދަރުސާގައި ހަ ކްލާސްރޫމްގެ މަސައްކަތަށް ހަ މިލިއަން ރުފިޔާ ހަރަދުވާއިރު އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމް، ލެބް އަދި އޮފީސް އިމާރާތުގެ މަސައްކަތަށް ހަރަދުވާނީ 15 މިލިއަން ރުފިޔާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

‏ލ. ގަން، އިހައްދޫ ސްކޫލުގެ ހަ ކްލާސްރޫމް އިމާރާތުގެ މަސައްކަތާ ވެންޒާ އިން ހަވާލުވި ހަ މިލިއަން ރުފިޔާއަށެވެ. އަދި ‏ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގެ 16 ކްލާސްރޫމް އިމާރާތުގެ މަސައްކަތުގެ އަގަކީ 14 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް