އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ކޮމިޓީން ފާސްކޮށްފި

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކޮމިޓީން އެގޮތަށް ފާސްކުރީ އެންމެ މެންބަރެއް ފިޔަވާ ހުރިހާ މެންބަރުންގެ ތާއިދާއެކުގައި ކަމަށެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކުރީ، އޭސީސީގެ މަސައްކަތް ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށް، ކޮމިޓީއަށް ފެންނަ ނަމަ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށަން މިދިޔަ ނޮވެމްބަރު މަހު ނިންމި ފަހުންނެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތްކުރާނެއެވެ. އެ ކޮމިޝަނަށް ހުށަހެޅިފައިވާ 16،000 އަށްވުރެ ގިނަ މައްސަލަ ނުބެލި ހުރިކަން އޮޑިޓުން ވަނީ ފާހަގަވެފައެވެ.

comment ކޮމެންޓް