އައްޑޫ ސިޓީ ހުޅުމީދު އާއި ފޭދޫއާ ދެމެދު ސައިކަލު ފެރީގެ ހިދުމަތް ފަށައިފި

އައްޑޫ ހުޅުމީދުއާ ފޭދޫއާ ދެމެދު ސައިކަލު ފެރީގެ ހިދުމަތް ފެށުން-- ފޮޓޯ/ އެމްޓީސީސީ

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ހިދުމަތް އެމްޓީސީސީން ފަށައިފިއެވެ.

މިއަދު ތައާރަފްކުރި ސައިކަލު ފެރީގެ ހިދުމަތުގައި ބޭނުންކުރާ ފެރީން 15 ސައިކަލުގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އައްޑޫ ހުޅުމީދުއާ ފޭދޫއާ ދެމެދު ސައިކަލު ފެރީގެ ހިދުމަތް ފެށުން-- ފޮޓޯ/ އެމްޓީސީސީ

މީގެ އިތުރުން ދިޔަވަރަށް އަންނަ ބަދަލުތަކާއެކުވެސް ސައިކަލުތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ވަނީ ބަހައްޓައިފައެވެ.

އެމްޓީސީސީން ބުނީ ސައިކަލް ފެރީ ހިދުމަތުގެ އަގަކީ، ސައިކަލަކަށް 20 ރުފިޔާ ކަމަށެވެ.

ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވެއެވެ.

އައްޑޫ ހުޅުމީދުއާ ފޭދޫއާ ދެމެދު ފެށުނު ސައިކަލު ފެރީގެ ހިދުމަތުގެ ޝެޑިއުލް-- ފޮޓޯ/ އެމްޓީސީސީ

އެ ހިދުމަތް ތައާރަފް ކުރަމުން އެމްޓީސީސީން ބުނީ، އެ ކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށެވެ.

comment ކޮމެންޓް