ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި، އިންޑިއާގެ ޑިފެންސް ޗީފް އަވަހާރަވެއްޖެ

އިންޑިއާގެ ދިފާއީ ބާރުގެ ވެރިޔާ ޖެނެރަލް ބައިޕިން ރާވަތު--

އިންޑިއާގެ ދިފާއީ ބާރުގެ ވެރިޔާ ޖެނެރަލް ބައިޕިން ރާވަތު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، އަވަހާރަވެއްޖެއެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އުމުރުން 63 އަހަރުގެ ރާވަތު ދަތުރުކުރަމުން ދިޔައީ ރަޝިއާގައި އުފައްދާފައިވާ އެމްއައި-17 ހެލިކޮޕްޓަރެއްގައި ކަމަށާއި އެކްސިޑެންޓް ހިނގައިފައިވަނީ ޓެމިލްނާޑޫގެ ކޫނޫރު ކައިރިން ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ބައިޕިންއާއި އޭނާގެ އަނބިމީހާ ހިމެނޭހެން ޖުމްލަ 13 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ އެއާ ފޯސް މަރުކަޒަކުން ފުރައިގެން ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖަށް ދިއުމަށް ދަތުރުކުރަމުން ދިޔަ ބޯޓު ވެއްޓުނު ވަގުތު އެ ބޯޓުގައި ޖުމްލަ 14 މީހަކު އައީ ދަތުރުކުރަމުންނެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އަންގައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައިޕިން އަކީ އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފެވެ. 2019 ވަނަ އަހަރު ސަރުކާރުން އުފެއްދި އެ މަގާމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް މަގާމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް