ފިރިމީހާގެ ބަނޑަށް އަނބިމީހާ ވަޅިޖެހުމުން ހާލު ސީރިއަސްވެ އައިސީޔޫއަށް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅިޖެހުމުން އެމީހާގެ ހާލު ސީރިއަސްވެ، އައިސީޔޫއަށް ލައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެނގިފައިވާ ގޮތުން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިިދިޔަ ހޯމަ ދުވަހެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ، އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައެއް މިދިޔަ ހޯމަ ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގީ ދެމަފިރިންގެ މެދުގައިކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

comment ކޮމެންޓް