"އިންޑިއާ އައުޓް" ކެންޕެއިން ހަރަކާތް އިތުރަށް ފުޅާކުރަން މަޝްވަރާ ކޮށްފި

"އިންޑިއާ އައުޓް" ހަރަކާތް އިތުރަށް ފުޅާކުރަން މަޝްވަރާ ކުރަނީ -- ފޮޓޯ/ ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމަކަށް، "އިންޑިއާ އައުޓް"ގެ ނަމުގައި ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތް އަތޮޅުތެރޭގައި ވެސް އިތުރަށް ފުޅާ ކުރުމާބެހޭ ގޮތުން ރައީސް ޔާމީނާއެކު މަޝްވަރާ ކޮށްފިއެވެ.

މީޑިއާ ބައިވެރިނުކޮށް، ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމާބެހޭ ގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިވަގުތު މާލޭގައި ތިބި ކައުންސިލަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި، ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއެކު ރައީސް ޔާމީން މިރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް އިތުރަށް ފުޅާކުރަން މަޝްވަރާ ކުރަނީ -- ފޮޓޯ/ ޕީޕީއެމް

‎ހީނާ ވިދާޅުވީ އެ ބައްދަލުވުމުގެ ތެރެއިން ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާގުޅޭގޮތުން ރައީސް ޔާމީން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން، މިނިވަން ވުމުގެ އުފަލުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ އިންޑިއާއާއެކު މި ސަރުކާރުން ބާއްވަމުން އަންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އިންޑިއާ އައުޓް" ހަރަކާތް އިތުރަށް ފުޅާކުރަން މަޝްވަރާ ކުރަނީ -- ފޮޓޯ/ ޕީޕީއެމް

ޔާމީން ވިދާޅުވީ ދުނިޔެ އުފެދިފައިވާ ގޮތުން، ރާއްޖެ ވަކިން އުފެދިފައި އޮތުމުގައި ވެސް ސިއްރެއް ވާނެ ކަމަށެވެ. އަދި އެއީ ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ލައްވައިފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަން އެހެން އޮތް އިރު ރާއްޖޭގެ އަމަންކަން ބެލެހެއްޓުމަށް ޓަކައި އިންޑިއާގެ ސިފައިން ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ވެސް ނުވާނެ ކަމަށާއި އެ މީހުން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ.

comment ކޮމެންޓް