މެހެމާނުން އިންޝުއާޑްތަ؟

ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފައިލް ފޮޓޯ

މި ފެށުނީ މުޅި ދުނިޔޭގައި ވެސް ޗުއްޓީގެ ބޮޑު މޫސުމެވެ. ޑިސެމްބަރު މަހު ދުނިޔޭގެ އުތުރަށް ފިނި މޫސުން ލައިގަތުމާއެކު އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް މިސްރާބު ފަށާ ދުވަސްވަރެވެ. މި އަހަރުގެ މި މޫސުމަށް ވެސް ރާއްޖެއަށް އެތައް ބަޔަކު އަންނާނެ ކަމަށް ލަފާކުރެވޭ އިރު, ކޮވިޑް-19 ޕެންޑެމިކް ނިމުމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެއެވެ. އާ ވޭރިއެންޓާއެކު ބަލީގެ ބިރު އަނެއްކާވެސް ލައިގަނެއްޖެއެވެ. އެހެންކަމުން ހަމަ އެންމެ އެކަށޭނަ ޝިއާރަކީ "ރައްކާވެތިބިއްޔާ ދަތުރެވެ".

ރާއްޖެ އައިސް އުޅޭ އުޅުމުގެ ތެރޭގައި ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެގެން އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ފަތުރުވެރިޔާ ގެންދަން ޖެހިއްޖެނަމަ އެކަމަށް ކުރަންޖެހޭ ހޭދައަކީ ކުޑަ ހަރަދަކަށް ނުވާނެއެވެ. އެލައިޑް އިންޝުއަރަންސުން "އެލައިޑް އިންބައުންޑް"ގެ ނަމުގައި, ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން ޓްރެވަލް އިންޝުއަރަންސް ޕެކޭޖެއް ތައާރަފުކުރީ ވެސް މި ސަބަބަށްޓަކައެވެ. މިއީ އެ ހަރަދުތައް ކަށަވަރުކޮށްދޭ ޕްލޭނެވެ.

އެލައިޑް އިންބައުންޑްގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކޮވިޑާއި ގުޅިގެން މެޑިކަލް އެމަޖެންސީއެއް މެދުވެރިވެގެން ކުރަންޖެހޭ ހަރަދުތަކާއި, މެޑިކަލް އެމަޖެންސީއެއް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެންމެ ކައިރި މެޑިކަލް ފެސިލިޓީ ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ ހަރަދާއި, އައިސޮލޭޝަން ފެސިލިޓީގައި ހުރުމަށް ދުވާލަކަށް ދައްކަންޖެހޭ ހަރަދު ހަމަޖެއްސުމަށް ބޮޑެތި ލިމިޓުތަކެއް ކަނޑައަޅާފައި ވެއެވެ.

މި ޕްލޭނުގައި މައިގަނޑު ތިން ވައްތަރެއް ހިމެނެއެވެ. އެއީ އެލައިޑް އިންބައުންޑް, އެލައިޑް އިންބައުންޑް ޕްލަސް އަދި އެލައިޑް އިންބައުންޑް ޕްރީމިއަމެވެ. މިއިން ކޮންމެ ވައްތަރަކުން ހަރަދުތަކަށް ކަނޑައަޅާފައިވާ ލިމިޓުތައް ތަފާތެވެ. އަދި ޕްރީމިއަމް ޕެކޭޖު ނަގައިފި ނަމަ, ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނަށް ދާންޖެހިއްޖެނަމަ ކަރަންޓީން ފެސިލިޓީގައި ހުރުމަށް ދައްކަންޖެހޭ ހަރަދު ހަމަޖެއްސުމަށް ފައިސާ ހަމަޖެހޭނެއެވެ.

އެލައިޑް އިންބައުންޑްއަކީ އަގު ހެޔޮ, އަދި ނަގަން ވެސް ފަސޭހަ ޕްލޭންތަކެކެވެ. އެންމެ މަދުވެގެން ހަތް ދުވަހާ ހަމައަށް ނެގޭ މި ޕެކޭޖު ފެށޭ އަގަކީ 25 ޑޮލަރެވެ. މިއީ ރާއްޖެ އަންނަ ބޭރުގެ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖުތަކެއް ކަމުން, މި ޕެކޭޖުތައް ނަގަން ޖެހޭނީ ރާއްޖެ އައުމުގެ ކުރިން, އޮންލައިންކޮށެވެ.

ހޮޓަލަށް ނުވަތަ ގެސްޓްހައުސްއަށް ޗެކްއިންވާ މެހެމާނާ, އެލައިޑް އިންބައުންޑް ޕެކޭޖު ނަގާފައިވޭތޯ ޔަގީންކުރުމަކީ ޕްރޮޕަޓީގެ އޯނަރަށާއި މެނޭޖްމަންޓަށް އެކަމުގެ ނުހަނު ފަސޭހަތަކެއް ގެނެސްދޭނެ ކަމެކެވެ. ފަތުރުވެރިޔާ ރާއްޖެ އައުމަށްޓަކައި ބުކިން ހަދާ ވަގުތު އެލައިޑް އިންބައުންޑްގެ މައުލޫމާތު ފޯރުކޮށްދިނުމަކީ އެ ފަތުރުވެރިޔާގެ ރައްކާތެރިކަން ކަށަވަރުކުރުން ފަދަ ކަމެކެވެ. ރާއްޖެ އަންނަ މެހެމާނާއަށް ކޮވިޑް-19ގެ އެމަޖެންސީއެއް ދިމާވެއްޖެނަމަ އެކަމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެހިގެންދާނެއެވެ.

އެންމެ ބޮޑު ފައިދާއަކަށް ވާނީ, މި ހުރިހާ ކަމެއް ހަމަޖެހިއްޖެކަމުގެ ޔަގީންކަމާއެކު, ފަތުރުވެރިޔާއަށާއި ހޮޓެލް ނުވަތަ ގެސްޓްހައުސްގެ މެނޭޖްމަންޓަށް ލިބޭނެ ހިތްހަމަޖެހުމެވެ. މިއީ ފިކުރުތަކާއި މާޔޫސްކަމުގެ ވިސްނުންތަކުން ދުރުވެ, ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރަތަމަ ފިޔަވަޅެވެ.

comment ކޮމެންޓް