އެހެން ދީންތައް ފެތުރުން ހުއްޓުވުމަށް ޓެކްނިކަލް މަސައްކަތެއް ކުރާތީ އަދި ވަގުތު ނަގާނެ: ފުލުހުން

ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ކުރި ހުކުމް ތަންފީޒު ކުރަން ވަގުތު ނަގާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް އެ ކޯޓަށް ހުށަހެޅުމުންނެވެ.

https://sun.mv/159526

ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކިއެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމް އެކޭ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެކަން ކުރުމަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ އަދި ވަގުތު ނަގާނެ ކަމަށެވެ.

https://sun.mv/159526

އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަސާރާ ދީން ފެތުރުމަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއްގައި ޕޭޖުތަކާއި ޗެނަލްތައް އަންނަނީ ހިންގަމުންނެވެ. ޝިރުކުގެ ވާހަކަތައް ހިމެނޭ ބައެއް ވީޑިއޯތައް ގިނަ ބަޔަކަށް ދެއްކުމަށް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަނީ ބޫސްޓްކޮށްފައެވެ. އެހެން ކުރާއިރު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ޓާގެޓް ކުރެ އެވެ.

comment ކޮމެންޓް