މިއަދު ކޮވިޑް ޖެހިގެން ދެ ވަނަ މީހަކު މަރުވެއްޖެ، ޖުމްލަ 253 އަށް

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ. މޭ މަހަކީ މިހާތަނަށް ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަސް. (ސަން ފޮޓޯ/ފަޔާޒް މޫސާ)

ކޮވިޑް-19 ބަލީގައި އިތުރު މީހެއް މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ޖުމްލަ 253އަށް އަރައިފިއެވެ.

މިއީ މިބަލީގައި މިއަދު ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ.

https://sun.mv/159678

މި ބަލީގައި މިއަދު ފުރަތަމަ މަރުވެފައިވަނީ ހއ. ތުރާކުނުގައި ފަރުވާ ދެމުން އައި މީހެކެވެ. އެއީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 08:28 ހާއިރެވެ.

ރެއާ ހަމައަށް އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން 100 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

އެގޮތުން މާލެ ސަރަހައްދުން 19 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުން 71 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91،993 ކަށް ވަނީ އަރާފައެވެ.

comment ކޮމެންޓް