ރިސޯޓް މުވައްޒަފެއްގެ އަތުން 2000 ޑޮލަރު ފޭރުނު މައްސަލަ ބަލަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން --

ރިސޯޓް މުވައްޒަފެއްގެ އަތުން 2،000 ޑޮލަރު ފޭރިގަތް މައްސަަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގައި ތަހުގީގުކުރަމުންދާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރިސޯޓް މުވައްޒަފެއްގެ އަތުން 2000 ޑޮލަރު ފޭރިގަތީ އޭނާގެ އެކައުންޓުގައި އެ ފައިސާ ހުއްޓާއެވެ. އެ ގޮތުން އޭނާ މާލޭގެ ގެއަކަށް ވައްދައި ދެ މީހަކު ވެގެން އެ ފައިސާ އޭނާގެ އެކައުންޓުން ނެގުވީ އޭނާއަށް ބިރު ދެއްކުމަށްފަހުގައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ވެސް މިހާރު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިފައެވެ.

ފަހަކަށް އައިސް ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް އަންނަނީ ރިޕޯޓުކުރަމުންނެވެ. އެގޮތުން ފަރީދީމަގުގައި ހުންނަ ފަތަހަ ސުންބުލި ފިހާރަ ފަޅާލުމަށްފަހު ފައިސާ ވަތްގަނޑު ހިފައިގެން ފިލަން އުޅުނު މައްސަލައެއް ވެސް މިދިޔަ މަހުގެ ކުރީ ކޮޅު ފުލުހުންނަށްވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް