ސިޓީ އިންވެސްޓްމެންޓްގެ ފަރާތުން ހިލޭ ޕިއްޒާގެ ރަހަ ބަލާލުމުގެ ފުރުސަތު!

ސިޓީ އިންވެސްޓްމެންޓްސްގެ ފަރާތުން ރާއްޖެއަށް އަލަށް ތައާރަފް ކުރާ ޕިއްޒާގެ ރަހަ، ހިލޭ ބަލާލުމަށް ހަރަކާތެއް ބާއްވަނީ -- ފޮޓޯ/ ސިޓީ އިންވެސްޓްމެންޓްސް

ސިޓީ އިންވެސްޓްމެންޓްގެ ފަރާތުން ރާއްޖެއަށް އަލަށް ތައާރަފް ކުރާ ޕިއްޒާގެ ރަހަ، ހިލޭ ބަލާލުމުގެ ފުރުސަތު ދޭ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 16:00އިން ފެށިގެން ރޭގަނޑު 23:00އާ ހަމައަށް، ހުޅުމާލެ ނިރޮޅުމަގު ސިޓީ ބޭކަރީ އެންޑް ބިސްޓްރޯގައެވެ.

މި ޕިއްޒާ ރާއްޖެއަށް ތައާރަފް ކުރުމަށް އިޓަލީގެ ޗެފެއް ކަމަށްވާ ޗެފް ޓިޒިއާނޯ ކަސިއްލޯ އައުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިޓަލީގެ ޗެފް ޓިޒިއާނޯ ކަސިއްލޯ -- ފޮޓޯ / ސިޓީ އިންވެސްޓްމެންޓްސް

ސިޓީ އިންވެސްޓްމެންޓްސް އިން "ސަން"އަށް ބުނީ ހަވީރު ކުރިއަށް ދާނީ ކުޑަކުދިންނަށް ހާއްސަކޮށް ރަހަ ދައްކާލުމުގެ ހަރަކާތެއް ކަމަށެވެ. އެގޮތުން، އެ ކުދިން ގަޔާވާނެހެން ފޭސް ޕެއިންޓް ކުރުުމާއި ރޮބޯމޭންގެ ބައިވެރިވުންވެސް މި ހަރަކާތުން ފެނިގެން ދާނެއެވެ.

ރޭގަނޑު ބޮޑުތި މީހުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ހަރަކާތުގައި ލައިވް ބޮޑުބެރު ޝޯ ކުރިއަށް ދާނެ ކަމަށްވެސް ސިޓީ އިންވެސްޓްމެންޓްސް އިން މައުލޫމާތު ދެއެވެ.

ސިޓީ އިންވެސްޓްމެންޓްސްއިން ބުނީ މިއީ ރާއްޖޭގެ ޕިއްޒާގެ ބަޒާރަށް އަލަށް ނެރޭ ޕިއްޒާގެ ބާވަތެއް ކަމަށެވެ. އަދި މި ޕިއްޒާގެ ފުށްގަނޑު އެހެން ޕިއްޒާތަކާ ތަފާތު ވާނެ ކަމަށެވެ.

ސިޓީ އިންވެސްޓްމެންޓްސްގެ ފަރާތުން ރާއްޖެއަށް އަލަށް ތައާރަފް ކުރާ ޕިއްޒާގެ ރަހަ، ހިލޭ ބަލާލުމަށް ހަރަކާތެއް ބާއްވަނީ -- ފޮޓޯ/ ސިޓީ އިންވެސްޓްމެންޓްސް

މީގެ އިތުރުން، ޕިއްޒާ ދިވެހީންނަށް ތައާރަފް ކުރުމަށްފަހު ދިވެހީންގެ ރަހަތަކާއި އެއްގޮތަށް ޓޮޕިންސްތަކަށްވެސް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިޓީ އިންވެސްޓްމެންޓްސް އިން ބުންޏެވެ.

މި ހަރަކާތަކީ އައިލާ އާއި ރައްޓެހިންނާ އެކު ހިލޭ ޕިއްޒާގެ ރަހަ ބަލާލާ އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނެ ކަމަށް ސިޓީ އިންވެސްޓްމެންޓްސް އިން ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު