ކޮވިޑުގައި އިތުރު މަރެއް، ޖުމްލަ 251 އަށް

ކޮވިޑުގައި މަރުވި މީހަކު ވަޅުލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ބަލީގައި އިތުރު މީހެެއް މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ޖުމްލަ 251ކަށް އަރައިފިއެވެ.

މިއަދު މި ބަލީގައި މަރުވެފައިވަނީ ފުވައްމުލައް ކޮވިޑު ފެސިލީޓިގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި މީހެކެވެ.

މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ މިއަދު މެންދުރު 14:55 ހާއިރެވެ.

ރެއާ ހަމައަށް އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން 107 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

އެގޮތުން މާލެ ސަރަހައްދުން 24 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުން 74 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91،650 ކަށް ވަނީ އަރާފައެވެ.

comment ކޮމެންޓް