ރާއްޖޭގައި ބޭނުން ކުރާ އާރްއެލް އައިވީ ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި

ރާއްޖޭގައި ބޭނުން ކުރާ އައިވީގެ ބާވަތެއް ކަމަށްވާ 'އާރްއެލް' އައިވީ ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ އެ ޕްރޮޑަކްޓުން ކޮލިޓީ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން މައްސަލަ ދިމާވެފައިވާ އައިވީއަކީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އައިވީއެއް ނޫން ކަމަށާއި އެ ޕްރޮޑަކްޓް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނަކުން ފެނިއްޖެނަމަ އެ އޮތޯރިޓީގެ ހޮޓްލައިން 7200321އަށް އެންގުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އިއްޔެ އެ އޮތޯރިޓީން ވަނީ، ރާއްޖޭގައި ކާތަކެތި އުފައްދާ ބްރޭންޑެއް ކަމަށްވާ "ދޮންގޮއްޔެ" ބްރޭންޑްގެ ތަކެތި ބޭނުން ނުކުރަން އިލްތިމާސް ކޮށްފައެވެ.

އެ އޮތޯރިޓީން ބުނީ އެ ބްރޭންޑްގެ ކާބޯތަކެތި އުފައްދާތަން އިންސްޕެކްޓް ކުރި އިރު، އެތަނުގެ ސާފުތާހިރުކަން ވަރަށް ދަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކާބޯތަކެތީގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތުމުން، މިހާތަނަށް ބާޒާރުގައި ހުރި އެ ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް