ޕްލޭނިން މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަން ކުރައްވައިފައިވަނީ ހ. ރެޖީނާހައުސް، އައިޝަތު ރަޝީދާއެވެ. އޭނާގެ މަސައްކަތަކަށް ވާނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ހިންގުމެވެ.

ރަޝީދާވަނީ މީގެ ކުރިން މޯލްޑިވްސް ކަސްޓަމްސްގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުކަމުގެ މަގާމު އަދާކޮށްފައެވެ. އަދި އދ.ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވޯކް 2021ގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވަމުން އައި ބޭފުޅެކެވެ.

އަލަށް މަގާމަށް އައްޔަން ކުރި ރަޝިދާއާއެކު ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ޖުމްލަ ހަޔަކަށް ވަނީ އިތުރުވެފައެވެ.

ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ޖުމްލަ ހަތަރު ބޭފުޅުން އެ މިނިސްޓްރީގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް