ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފަސްކޮށްފި!

އާލިއާ ބަޓާއި ރަންބީރް---


ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފަސްކޮށްފިއެެވެ. އިންޑިއާގެ އެކި ޚަބަރުތައް ބުނާގޮތުން މި ފެށޭ ޑިސެންބަރުމަހު ކައިވެނިކުރަން ދެމީހުން ވަނީ ނިންމައިފައެވެ.

ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ދެމީހުންގެ ކައިވެނި ވަނީ އަހަރެއްހާ ދުވަހަށް ފަސްކޮށްފައެވެ. އެއީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހަށެވެ.

އަދި އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ކައިވެނި ފަސްކުރަން ޖެހުނީ ރަންބީރްއާއި އާލިއާގެ ކުރިއަށް ހުރި ފިލްމްތަކުގެ ޝޫޓިންތައް މެދުނުކެނޑި ޝެޑިއުލް ކުރެވިފައިވާތީއެވެ. އަދި އެ ފަރާތުން ބުނެފައިވަނީ ދެމީހުން ރާވާފައިވަނީ ކައިވެނީގެ ހަފުލާ ދުރު، އާ މަންޒިލެއްގައި ކުރުމަށް ކަމަށެވެ. އަދި މިކަމަށްޓަކައި ގިނަ ތައްޔާރީތަކެއް ވާން ޖެހުމުންނާއީ ގިނަ ވަގުތު ބޭނުންވާ ކަމަކަށް ވުމަކީވެސް ކައިވެނި ފަސްކުރަން ޖެހިފައިވާ ސަބަބެކެވެ.

ކައިވެންޏަށް ފަހުގައި ދެމީހުން ހަމަހިމޭން މަންޒިލެެއްގައި އެކީގައި ގިނަ ދުވަސްތަކެއް ވަންދެން ވަގުތު ހޭދަކުރަން ބޭނުންވުމަކީވެސް ޑިސެންބަރުމަހު ކައިވެނި ނުކުރެވޭ ސަބަބެކެވެ. ހުރިހާ މައްސަލަތަކެއްވެސް ގުޅިފައިވަނީ ފިލްމްތަކުގެ ޝޫޓިންއާއެވެ.

ރަންބީރާއި އާލިއާ އެކީގައި ފުރަތަމަ ފެނިގެން ގޮސްފައިވަނީ އަޔާން މުކެރްޖީގެ ފިލްމް " ބްރާމަސްތްރާ" އިންނެވެ. މި ފިލްމްގައި އަމީތާބް ބަޗަން ގެ އިތުރުން ޑިމްޕްލް ކަޕާދިއާއާއި މައުނީ ރޯއީވެސް ފެނިގެންގޮސްފައިވެއެވެ.


އާލިއާ ބަޓްގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާއިރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޑީ" އާއި ކަރަން ޖޯހަރުގެ " ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު