ވިކީއާއި ކެޓްރިނާގެ ކައިވެންޏަށް ވެސް އާ ވޭރިއަންޓްގެ ހިޔަނި

ވިކީއާއި ކެޓްރީނާގެ ކައިވެނީގެ ހަބަރުތަކުން މުޅި މީސްމީޑިއާ ފުރާލާފައިވާއިރު އަނެއްކާވެސް އިވިގެން ދިޔައީ ކޮވިޑްގެ އައު ވޭރިއެންޓްގެ ސަބަބުން ކައިވެނި ހަފުލާއަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ބަައެއް މީހުން ލިސްޓުން އުނިކުރި ޚަބަރެވެ. މިގޮތަށް ޝޯޓް ލިސްޓް ކުރަން ޖެހުނީ މިހާރުގެ ކޮވިޑްގެ އައު ވޭރިއެންޓް އޮމިކްރޮންގެ ސަބަބުންނެވެ.


ކައިވެންޏާ ބެހޭގޮތުން ވިކީއާއި ކެޓްރީނާގެ ފަރާތުން ރަސްމީ ބަހެއް އިވިފައި ނުވި ނަމަވެސް މި ދެ މީހުންގެ ގާތް އެކުވެރިންގެ ފަރާތުން ވަނީ މި ފެށޭ ޑިސެންބަރު މަަހުގެ 9 ވަނަ ދުވަހު ޖައިޕޫރުގައި މިދެމީހުންގެ ކައިވެނި ކުރެވޭކަން ކަށަވަރު ކުރެވިފައި ކަމަށް އިންޑިޔާގެ އެކި އެކި ޚަބަރުތަކުން ރިޕޯޓުކުރެއެވެ.


އިންޑިއާގައި މި ވޭރިއެންޓްގެ ސަބަބުން ނުރައްކާ ކުރިމަތިވެފައި ނުވި ނަމަވެސް ކެޓްރިނާއާއި ވިކީގެ ނިންމުމަކަށް ވަނީ ހަފުލާއަށް ދައުވަތު ދޭނެ މީހުން މަދުކުރުމެވެ. އިންޑިއާގެ ބައެއް ޚަބަރުތައް ބުނާ ގޮތުން ވަރަށް އިތުބާރު ހުރި ފަރާތަކުން ބުނި ގޮތުގައި ހަފްލާ އިންތިޒާމްކުރާ ފަރާތުން ވަނީ ހަފުލާއަށް އަންނަ މެހުމާނުންގެ އަދަދާ މެދު ކަންބޮޑުވުން ފާޅުކޮށްފައެެވެ. އަދި ވިކީއާއި ކެޓްރީނާ ވަނީ އެކަމާ ގުޅިގެން ވީޑިއޯ ކޯލް މެދުވެރިކޮށް ހަފުލާ އިންތިޒާމް ކުރާ ފަރާތާއެކު ބައްދަލުވުމެއް ބާއްވާ މަޝްވަރާކޮށްފައެވެ.


އެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ހަފުލާ އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ ހަފުލާއަށް އަންނަ މެހުމާނުންގެ އަސްލު އަދަދު ނޭނގޭތީ ކަންބޮޑުވާކަމަށެވެ. ކުރިން ބޮލީވުޑްގެ ގިނަ ތަރިންތަކަކަށް ހަފުލާއަށް ދައުވަތު ދޭން ނިންމާފައި ވީ ނަމަވެސް މިހާރު ވަނީ ބަައެއް ފަރާތްތަައް އުނިކޮށްފައި ކަމަށެވެ. އަދި ކެޓްރީނާގެ ތިމާގެ ބަޔަކުވެސް ހަފުލާއަށްޓަކައި ޖައިޕޫރަށް ދިއުމަށް ދަތުރު ކުރަމުންދާއިރު އަދަދު ނޭނގޭ ކަމަށާއި އެމީހުންގެ ދަތުރުވެސް އައު ވޭރިއަންޓުގެ ސަބަބުން ކެންސަލް ނުވާނެކަން ނޭނގޭކަމަށް ވެސް ހަފުލާ އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.


އިންޑިއާގެ އެކި ޚަބަރުތައް ބުނާ ގޮތުން ވިކީއާއި ކެޓްރީނާ ކައިވެނި ކުރުން އޮތީ ކޯޓުގައެެވެ. އަދި ޖައިޕޫރުގައި އޮތީ ހަމައެކަނި ކައިވެނީގެ ހަފުލާއެވެ.


ކައިވެންޏާ ބެހޭގޮތުން ދެ މީހުންގެ އެއްވެސް ބަހެއް އިވިފައި ނުވާއިރު އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުން ވަރަށް އަވަހަށް ދެމީހުންވެސް ކައިވެނި އިއުލާނުކުރާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު