ސައިފަތް ކަމުދަނީ ހަމައެކަނި ކަޅުސައި ތައްޔާރުކުރާކަށް ނޫން!

ދިވެހިންގެ ތެރޭގައި އާންމުކޮށް ސައިފަތް ބޭނުންކުރަނީ ކަޅުސައި ތައްޔާރުކުރުމަށެވެ. ދިވެހިބޭސް ތައްޔާރުކުރުމުގައި މަދުން ނަމަވެސް ސައިފަތް ބޭނުންކުރެއެވެ. ނަމަވެސް ތަފާތު އެކި ބޭނުންތަކުގައި ސައިފަތުގެ ބޭނުންކުރެވިދާނެއެވެ.

ރޭގަނޑު ރަނގަަޅަށް ނުނިދޭނަމަ ލޯކައިރި ކަޅުވުމުގެ މައްސަލައަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ތަފާތު ކްރީމްތަކާއި ބޭސްތަކުންވެސް ހައްލެއް ނުލިބި ލަސްވާ މި މައްސަލަައަށް ސާފަތުގެ އަޖުމަ ބަލައިލުން ކީއްތޯއެވެ. މިކަމަށްޓަކައި ބޭނުންވަނީ 2 ސައިފަތް ޕެކެޓެވެ. ތާފަނާ ފެނަށް ދެ ޕެކެޓު ލައި، އިރުކޮޅަކު ބޭއްވުމަށްފަހު ދެ ޕެކެޓު ނަގައި ލޯމަތީގައި ފަސް މިނިޓް ވަންދެން ބާއްވާށެވެ. ނަތީޖާއެއްގެ ގޮތުން ލޯމަތީގެ ކަޅުކަން މަޑުވެ ތާޒާކަން އާވެއެވެ.

ހަށިގަނޑުން ތަނެއް މެށި، ނުވަތަ ހަލާކުވުމުގެ ސަބަބުން ތަދުވެ ދުޅަވާނަމަވެސް ފަރުވާއެއްގެ ގޮތުން ސައިފަތުގެ އަޖުމަ ބަލައިލުން ކީއްތޯއެވެ. ސައިފަތް ޕެކެޓެއް ތާފަނާ ފެނުން ފޯކޮށްލުމަށްފަހު ތަދުވާ ހިސާބުގައި ސައިފަތް ޕެކެޓުން މަސާޖް ކޮށްލާށެވެ. ދިހަ ވަރަކަށް މިނިޓް ވަންދެން މިގޮތަށް ހެދުމުން ނަތީޖާ ފެންނާނެއެވެ.

ކުޅަނދުރާއި ބިޗޫ ފަދަ ތަކެތި ކަށިޖެހުމުގެ ސަބަބުން ތަދުވުމާއި ހިރުވުމާއި ބިހިނެގުން ފަދަ ކަންކަމުގެ ފަރުވާއަށްވެސް ސައިފަތަކީ ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. ސައިފަތް ޕެކެޓެއް ނަގައި ތެންމާލުމަށްފަހު ތަދުވާ ހިސާބުގައި 15 ނުވަތަ 20 މިނިޓް ވަންދެން ބާއްވާށެވެ.

ދަތްތަކުގައި ރިއްސާނަމަވެސް ސައިފަތުގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ. ސައިފަތް ޕެކެޓު ތާފަނާ ފެނުން ފޯކޮށްލުމަށްފަހު 20 ނުވަފަ 15 ވަރަކަށް މިނިޓް ދަތުގައި ޖައްސާށެވެ. ހަމަ އެހެންމެ ދަތެއް އުފުރާލައިގެން ނުވަތަ ވެއްޓިގެން ލޭ މަނާ ނުވާ ނަމަވެސް ސައިފަތް ބޭނުންކުރެވިދާނެއެވެ. ސައިފަތް ޕެކެޓް ހިރުގަނޑުގައި ޖައްސާފައި ބެއިންދުމުން 10 ވަރަކަށް މިނިޓް ތެރޭގައި ލޭ މަނާވުމަށް އެހީތެރިވެދޭނެއެވެ.

މޫނުގެ ހަންގަނޑުގެ ރީތިކަމަށާއި ތާޒާކަން އިތުރުކޮށްލުމަށްޓަކައިވެސް ސައިފަތް ބޭނުންކުރެވިދާނެއެވެ. މޫނުގެ ރީތިކަމަށްޓަކައި އެންމެ ރަނގަޅީ ގްރީންޓީ ބޭނުންކުރުމެވެ. ގްރީންޓީ ބޭގެއް ކަނޑާލާފައި ސައިފަތްކޮޅާ ހޫނު ފެންފޮދެއް އެކުކޮށްލުމަށްފަހު ފޭސް މާސްކެއް ތައްޔާރުކޮށްލާށެވެ. އަދި 30 މިނިޓް ވަންދެން މޫނުގައި ސައިފަތް އުނގުޅާފައި ބެހެއްޓުމުން މޫނުގައިވާ ލައްތައް ފިލައި، ހަންގަނޑުގެ ތާޒާކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު