ލ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސަށް ސިޔާސީ މަގާމެއް ދީފި

އަބްދުﷲ ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު--

އެންވައިރަމެންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ލ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ޝަރީފު މިއަދު އައްޔަންކޮށްފިއެވެ.

އެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އަބްދުﷲ ޝަރީފް މީގެ ކުރިން ހުންނެވީ ލ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައެވެ. އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް، އެމްޑީޕީ ޕްރައިމަރީގައީ ވާދަކުރެއްވިނަމަވެސް، އެ އިންތިހާބު އޭނާއަށް ކާމިޔާބުވެފައެއް ނުވެއެވެ.

ކައުންސިލަށް ކުރިމަތިލެއްވުމުގެ ކުރިން އަބްދުﷲ ޝަރީފަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން މުދައްރިސެއްގެ ގޮތުގައި ދެ ސުކޫލެއްގައި ހިދުމަތް ކުރައްވައިފައެވެ.

މި މަގާމުގެ މުސާރައަކީ އެލަވަންސްތަކާއެކު 25،000 ރުފިޔާއެވެ.

comment ކޮމެންޓް