އދ،ގެ އާންމު މަޖިލީހުގެ ރައީސް، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާ ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އދ.ގެ އާންމު މަޖިލީހުގެ ރައީސްއަދި ރާއްޖޭގެ ފޮރިން މިނިސްޓަރު މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލުކުރައްވައިފިއެވެ.

ޝާހިދު އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ތިން ދުވަހަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލަރުކަން ވެސް ކުރައްވައި ވާންގް ޔީ ލީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުންވަނީ މަޝްވަރާކުރައްވައިފައެެވެ.

އެގޮތުން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުންނާއި މަަލްޓިލެޓަރިޒަމްގެ ދާއިރާގެ އިތުރުން އދ.ގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ދެ ބޭފުޅުންވަނީ ޗައިނާ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެެވެ.

ހަމައެއާއެކު ވަންގްވަނީ އދ.ގައި ޝާހިދު ގެންގުޅުއްވައި ސިޔާސަތުތަކަށް ތާއިދުކުރައްވާކަން ވެސް ހާމަކުރައްވައިފައެވެ.

*އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި*

ކޮވިޑް19ގެ ސަބަބުން 2020 ވަނަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސާލި ފަހުން، ޝާހިދަކީ އ އެ ގައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުހަބާކީ ފުރަތަމަ އެއް ބޭފުޅާއެވެ.

ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް ޝާހިދު ވަނީ ދަތުރުކުރައްވައިފައެވެ. އެ ދަތުރުގުފުޅުގައި ޝާހިދުވަނީ އެ ގައުމުގެ ނައިބު ރައީސްއާ ވެސް ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް