ހުޅުމާލެ ފުރަަތަމަ ފިޔަވަހީގެ ގޭބީސީތަކުން ކުނި ނަގާ ވަގުތު ބަދަލުކޮށްފި

އޭޕްރީލް 16، 2020: މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒޮޓިވް ކޭސްއެށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުން: ވެމްކޯ ކުނި ކަލެކްޝަން މީހުން ގޭގެއިން ކުނި ނަގަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ ގޭބީސީތަކުން ކުނި ނަގާ ވަގުތަތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލުތަކެއް ގެނެސްފިއެވެ.

ވެމްކޯއިން ބުނީ މި ބަދަލު ގެނައީ ހުޅުމާލޭގައި މިވަގުތު ގިނަ އަދަދެއްގެ މީހުން އާބާދުވުމުގެ މަސައްކަތް ކުރިއަށްދާތީކަމަށެވެ. އަދި އެއާއެކު އެ ކޯޕަރޭޝަންގެ ހިދުމަތްތައް ބައްޓަންކޮށް މަސައްކަތްތައް ހިނގަމުން އަންނަ ގޮތް ހަރުދަނާކުރުމަށް ޓަކައިކަމަށެވެ.

އެއާއެކު ދެން ފުރަތަމަ ފިޔަވަހީގެ ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރާނީ އިރުއޮއްސި 18:00 ކާއި ރޭގަނޑު 23:00 އާ ދެމެދުގައެވެ. ނަމަވެސް ހަވީރު 17:00 ކަށް ކުނި ކޮތަޅު ތައްޔާރުކޮށް އެ ނެގޭނެހެން އިންތިޒާމުތައް ހަމަޖައްސައިފައި ބެހެއްޓުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެެވެ.

ވެމްކޯއިން ބުނީ ކުނި ނަގައިދިނުމުގެ މަސައްކަތް ކޮށްދޭނީ އެ ކޯޕަރޭޝަނުގެ ހިދުމަތުގައި ރަޖިސްޓްރީކޮށް، ގަވައިދުން ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާނަމަ ވީ އެންމެ އަވަހަކަށް ރަޖިސްޓްރީކުރުމަށް ވެމްކޯއިންވަނީ އިލްތިމާސްކޮށްފައެެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ވެމްކޯއިންވަނީ ކުނި ނެގުމުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައި އޮތް ދުވަސްވަރު ކުނި ކޮތަޅު އިމާރާތުގެ ތިރިއަަށް ބާލުވަން ޖެހުނުކަމުގައިވީ ނަމަވެސް، މިހާރު ކުނި ނަގާނީ ވެމްކޯއިން ކޮންމެ ފަންގިފިލާއަކަށް އަރައި ކުނި ކޮތަޅު ގެންގޮސްގެންނެވެ.

comment ކޮމެންޓް