ބީއެމްއެލް ވާއު ކިޑްސް ރަން އަންނަ މަހު

ބީއެމްއެލް ވާއު ކިޑްސް ރަންގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ މި ދުވުމުގައި ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި އެވެ.

މި ދުވުމަކީ 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން ބާއްވަމުން އަންނަ ރަންއެކެވެ.

ބީއެމްއެލް ވާއު ކިޑްސް ރަންގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ދުވުމުގައި މި އަހަރު 1200 ކުދިން ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

ދުވުން ކުރިއަށް ގެންދާ އުމުރުފުރާ ތަކަކީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.

ބީއެމްއެލްއިން ބުނީ ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާ އެކުގައި ކަމަށެވެ.

comment ކޮމެންޓް