އަރްޔަން ޚާން "ލައިފް ކޯޗް"އެއްގެ ދަށަށް!

ޝާހުރުކް ޚާންގެ ދަރިފުޅު އަރްޔަން ޚާން ---

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާންގެ ދަރިފުޅު އަރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ޖަލުން ދޫކޮށްލިތާ މަހެއް ފުރިހަމަވާން ވެފައި ވާއިރު އަރްޔަން ވަނީ ބޮލީވުޑްގެ މަޝްހޫރު ލައިފް ކޯޗް އަފްރީން ޚާންގެ ގާތުން ސެޝަންތައް ނެގުމަށް ނިންމާފައެވެ.

އަފްރީން ޚާން މި މަސައްކަތް ކުރަން ފަށާފައިވަނީ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ ދަށުން އޭނާ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުން ރިތިކްއަށް ސެޝަނެއް ނަގައިދޭން ޖެހުނީ ހްރިތިކް އޭނާގެ އަންހެނުން ވަރިކުރި ދުވަސްވަރެވެ.

އޮކްޓޫބަރ 2 ވަނަ ދުވަހު އެންސީބީ ޓީމަކުން ހިންގި އޮޕަރޭޝަނެއްގައި ޝިޕެއްގައި ޕާޓީކުރަމުން ދިޔަ 8 މީހަކު ވަނީ އެމީހުންގެ ސަމާލުކަމަށް ގެނެވިފައެވެ. އަދި ގޯއާއަށް ދިޔަ އެ ޝިޕްގައި ތިބި 8 މީހުންގެ އަތުން މަސްތުވާ ތަކެތި ފެނުމުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރ 3 ވަނަ ދުވަހުއެވެ. އެމީހުންގެ ތެރޭގައި އަރްޔަން ޚާންވެސް ހިމެނޭއިރު ޝިޕްގައި ތިބި 8 މީހުންގެ އިތުރުން އިތުރު 12 މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެކި ދުވަސްތައް މަތިން އަޑުއެހުންތައް ބޭއްވުމަށްފަހު އަރްޔަން ޚާން ވަނީ މިހާރު ޖަލުން މިނިވަންކުރުމާއެކު ގެއަށް ބަދަލުކުރެވިފައެވެ. ޖުމުލަ 28 ދުވަސް ޖަލުގައި އޭނާ ހޭދަކޮށްފައިވާއިރު ބޮޑެތި ބަދަލުތަކެއް އޭނާއަށް އައިސްފައިވާކަމަށް ޝާހުއާއި ގައުރީގެ އިތުރުން އޭނާގެ ގާތް އެކުވެރިއަކު ވަނީ ބުނެފައެވެ. އަރްޔަންއަށް އައި ނަފްސާނީ ބޮޑެތިި ބަދަލުތަކަކީ ޖަލުގައި އެކަނިވެރިކަމާއެކު މާ ގިނަ ދުވަސް ހޭދަކުރުމުގެ ސަބަބުން ދިމާވި އުނދަގޫތަކުގެ ސަބަބުން ކުރަމިތިވި ކަމެއް ކަމަށް ޝާހު ވަނީ ބުނެފައެވެ. ނިދުން މަދުވުމާއި ރަނގަޅަށް ނުކެއުމާއި ބޭރަށް ނުކުމެ މީހުންނާ ވާހަކަ ދެއްކުން މަދުވުމަކީ އޭނާއަށް އައިސްފައިވާ ބަދަލުތަކެކެވެ.

އަފްރީންގެ ޚާންގެ ސެޝަންގަކުގެ ބޭނުން އަަރްޔަންއަށް ޖެހިފައިވަނީ މި ކަންކަމާ ހުރެ ކަމަށް ވެދާނެއެވެ.

comment ކޮމެންޓް