ޕްރިންސް ހެރީގެ ކުރީގެ ލޯބިވެރިޔާއަށް ފާރަލި އިންވެސްޓިގޭޓަރެއް މާފަށް އެދިއްޖެ

ޕްރިންސް، ހެރީ ލޯބީީގެ ގޮތުން ގުޅިގެން އުޅުނު ޗެލްސީ ޑޭވީ -- ފޮޓޯ/ ބީބީސީ

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ 2004ވަނަ އަހަރު ލޯބީީގެ ގޮތުން ގުޅިގެން އުޅުނު ޗެލްސީ ޑޭވީއަށް ފާރަލީ އިންވެސްޓިގޭޓަރެއް އެކަމަށް މާފަށް އެދިއްޖެއެވެ.

މާފަށް އެދުނު ޕްރައިވެޓް އިންވެސްޓިގޭޓަރު ގެވިން ބޫރޯޒް ބުނި ގޮތުގައި 2004ވަނަ އަހަރު ހެރީ އާއި ޗެލްސީ ރައްޓެހިވެގެން އުޅުނު އިރު އެންމެ ބޮޑަށް ފާރަލަމުން ދިޔައީ ޑޭވީގެ މުއާމަލާތްތަކަށެވެ.

"ވޮއިސް މެއިލް ހެކްކުރުމުގެ ގިނަ ކަންތައްތަކެއް ދިޔައީ ކުރަމުން. އޭނާގެ ފޯނަށް ވެސް ފާރަލައި ފޯނުން ކުރަމުން ދިޔަ ކަންކަން ވެސް ދިޔައީ ބަލަމުން. ޗެލްސީ ވަރަށް ފޮނިކަނޑާނެ އޭނާގެ ރައްޓެހިން ގާތު، ޕްރިންސް ހެރީ ކައިރިއަށް ދާއިރު،" އިންވެސްޓިގޭޓަރު ބުންޏެވެ.

އޭނާ ބުނީ އިންވެސްޓިގޭޓަރުން އެންމެ ބޮޑަށް ބޭނުންވީ އޭނާގެ މެޑިކަލް ރިޕޯޓުތަކާއި، އޭނާ ކުރިން ރައްޓެހިވެފައިހުރި ފިރިހެނުންގެ މައުލޫމާތުގެ އިތުރުން އޭނާ ތައުލީމު ހާސިލްކުރި ގޮތުގެ މައުލޫމާތުކަމަށެވެ.

ދެހާހުގެ އަހަރުތަކުގައި މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހޯދީ ޕްރިންސް ހެރީއެވެ. އެއާއެކު އޭނާގެ ދިރިއުޅުމާ ގުޅޭ މައުލޫމާތު ހޯދައި އެއްކުރުން ވެގެންދިޔައީ ގިނަ މީޑިއާތަކަކުން ކުރަމުން ދިޔަ މަސައްކަތަކަށެވެ.

އެއާއެކު ޕްރިންސް ހެރީ ވެސް ވަނީ ގިނަ މީޑިއާތަކަކާ ދެކޮޅަށް ދައުވާކޮށް ކޯޓަށް މައްސަލަ ވައްދައިފައެވެ. އެ މައްސަލަ ޖައްސައިފައިވަނީ އޭނާގެ ފޯނު ހެކުކުރިކަމުގެ ތުހުމަތުގައާއި ގަވާއިދާ ހިލާފަށް މައުލޫމާތު އެއްކުރިކަމުގެ ތުހުމަތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު