އޮންލައިންކޮށްލާ! އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް ފަސޭހަކަމާއެކު އޮންލައިންކޮށް ހޯއްދައްވާ!

އެމްޑަބްލިއުއެސްސީގެ އެޕް ބޭނުންކުރަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން އަންނަނީ ކުންފުނީގެ ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނާ ހަމައަށް އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ. އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ، ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ވީހާވެސް ލުއިފަސޭހަ ކަމާއެކު ޚިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ.

މިގޮތުން، މިކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން އޮންލައިންކޮށް ފޯމު ހުށަހެޅުމާއި، ޚިދުމަތަތްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުތައް ހޯދައި ލިބި ގަނެވޭނެއެވެ.

ކުންފުނީގެ ޚިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ ތަފާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. މި ޕްލެޓްފޯމްތަކަކީ:

  • އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން
  • އީ-ޕޯޓަލް
  • އީ-ޕޭ
  • ބޭންކް ޓްރާންސްފާ
  • ސެލްފް ސާވިސް ކިއޮސްކް

އޮންލައިންކޮށް އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ޚިދުމަތްތަކުން ލިބޭ ފަސޭހަތަކަކީ:

އެމްޑަބްލިޔުއެސްސީ އެޕް

  • ފެންބިލަށް ފައިސާ ދެއްކުމުގެ އިތުރުން، ފެންބިލާ ބެހޭ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ.
  • ބިލް ކަލްކިއުލޭޓަރު ބޭނުންކޮށްގެން ފެން ބިލަށް އަރާވަރުގެ އަންދާޒާއެއް ބަލާލެވޭނެ.
  • ފެން ބޭނުންކުރެވެމުންދާ މިންވަރު ބަލާލެވޭނެ.
  • އިތުރު މީޓަރުތައް އެޑްކޮށް، އިޚުތިޔާރުކުރާ ނަމަކަށް މީޓަރުގެ ނަން ބަދަލުކޮށްލެވޭނެ.
  • " ޗެޓް ސަޕޯޓް ސާވިސް" މެދުވެރިކޮށް މިކުންފުނީގެ މުވައްޒަފަކާ ވާހަކަދައްކާލެވޭނެ.
  • ތިމާވެއްޓާ ރައްޓެހި ގޮތަކަށްވެ، ކަރުދާސް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް އެހީތެރިވުން.

އީ ޕޯޓަލް

  • އެމްޑަބްލިޔުއެސްސީގެ އީ-ޕޯޓަލް މެދުވެރިކޮށް މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފަސޭހަކަމާއެކު އެދިލެއްވޭނެ.
  • ހުށަހަޅާފައިވާ ޚިދުމަތުގެ ސްޓޭޓަސް ބަލާލެވޭނެ.
  • ފަސޭހަކަމާއެކު ޚިދުމަތްތަކާ ބެހޭ ތަފްސީލު ބަލާލުމާއެކު ބިލަށް ފައިސާވެސް ދައްކާލެވޭނެ.

އީ-ޕޭ

  • ކޮންމެ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެމްޑަބްލިޔުއެސްސީ އީ-ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފެންބިލަށް ފައިސާ ދެއްކޭނެ.
  • އީ-ޕޭގައި ރަޖިސްޓްރީ ނުކޮށްވެސް ބިލަށް ފައިސާ ދައްކާލެވޭ.

ބޭންކް ޓްރާންސްފާ:

  • ބޭންކް ޓްރާންސްފާ މެދުވެރިކޮށް މިކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ.
  • ޑައިރެކްޓް ބޭންކް ޓްރާންސްފާ ބޭނުންކުރައްވައިގެން މިކުންފުނީގެ ޚިދުމަތްތަކަށް ފައިސާ ދައްކަވާ ފަރާތްތަކުން، https://banktransfers.mwsc.com.mvz މިވެބްޕޭޖުގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ޓްރާންސެކްޝަންގެ ރަސީދު ފޮނުވާލަންވާނެ.

އެމްޑަބްލިޔުއެސްސީގެ ސެލްފް ސާވިސް ކިއޮސްކް

  • މިކުންފުނީގެ ކަސްޓަމާ ސާވިސް ފްރޮންޓް އޮފީހުގައި ބެހެއްޓިފައިވާ ސެލްފް ސާވިސް ކިއޮސްކުން ފެންބިލްތަކުގެ ތަފްސީލު ބަލައިލާ އަދި ފެންބިލް ޕުރިންޓުވެސް ކޮށްލެވޭނެ.

މީގެ އިތުރުން، އިތުރު މައުލޫމާތެއް ބޭނުންވާނަމަ، އެމްޑަބްލިޔުއެސްސީގެ 24 ގަޑިއިރުގެ ހޮޓްލައިން، 105 އަށް ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

comment ކޮމެންޓް