ޝާހުރުކް ހާންގެ ދަރިފުޅުގެ ޑްރަގު މައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ހައިކޯޓުން ނިންމައިފި

ޝާހުރުކް ހާން އާއި ދަރިފުޅު އާރްޔަން ޚާން-- ފޮޓޯ: ޓައިމް

ޝާހުރުކް ހާންގެ ދަރިފުޅު އާރްޔަން ޚާންގެ ޑުރަގު މައްސަލައާ ގުޅިގެން އާރްޔަން ޚާނާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ އަރުބާޒު މާޗެންޓްއާއި މުންމުން ދަމޭޗާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ބޮމްބޭ ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ އާރްޔަންއާއި އަރުބާޒު އާއި މުންމުން އެއް ކުރުޒްއަކުން ދަތުރު ކުރުމަކީ ޑްރަގު ބޭނުން ކުރާ ކަމުގެ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށާއި އެ މައްސަލައިގައި އަދަބު ދިނުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

ހަމައެހެންމެ، އާރްޔަންގެ ވަޓްސްއަޕް މެސެޖްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް އެ މައްސަލައިގައި ހުކުމެއް ތަންފީޒު ކުރާނެ ކަމަށް އަޑު ފެތުރުނެވެ. އެހެންނަމަވެސް، އިއްޔެ ބޮމްބޭ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަޓްސްއަޕުން ވެސް ގަބޫލު ކުރެވޭ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔަންއާއި އޭނާގެ ރައްޓެހިން ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

ޝާހުގެ ފޭނުން ސިއްސުވައިލީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ޑުރަގު މައްސަލައެއްގައި ޝާހުރުކްގެ ދަރިފުޅު އާރްޔަން ޚާން ހައްޔަރުކުރި ޚަބަރާއެކުއެވެ. މިކަމުގެ ސަބަބުން ޝާހުއާއި އޭނާގެ އަނބިމީހާ މީސްމީޑިއާގައި މަޑުޖެހިލި ނަމަވެސް ޝާހުގެ ފޭނުން ދިޔައީ މައްސަލައިގެ ތަހުގީގުތަކުގެ ތަފުސީލްތައް އަދާހަމަކުރަމުންނެވެ. އަދި އޭނާއަށް ހަމްދަރުދީވެ، ހިތްވަރުދިނުމުގެ އެތައް ޕޯސްޓުތަކަކުން މުޅި މީސްމީޑިއާ ކަވަރުކޮށްލިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުގައި އޮތް އަޑުއެހުމަށްފަހު އާރްޔަން ކަފާލާތުގެ ދަށުން ދޫކޮށްލަން އަންގައި، އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ ގެއަށް ގޮސްފައެވެ. ގެއަށް ދިއުމުގެ ކުރިން ދިން އިންޓަވިއުއެއްގައި އާރްޔަން ބުނެފައިވަނީ ޖަލުން ސަލާމަތްވުމަށްފަހު އޭނާގެ އުޅުން އިސްލާހު ކުރާނެ ކަމަށާއި އެންމެ އިސްކަމެއް ދީގެން ދެން ކުރާނޭ ކަމަކީ ނިކަމެތިންނަށް އެހީތެރިވުން ކަމަށެވެ.

އާރްޔަންގެ ރަހުމަތްތެރިން ފާހަގަ ކުރާ ގޮތުން ޖަލުން ސަލާމަތްވުމަށްފަހު އާރްޔަންގެ ދިރިއުޅުމަށް ވަނީ ބަދަލު އައިސްފައެވެ. އަދި ކުރިއަށްވުރެ އޭނާގެ ބަސްމަދުކަމަށާއި މަޑުމައިތިރިކަމަށްވެސް އޭނާގެ އެކުވެރިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް