މަގުމަތިން ކުޑަކުއްޖަަކަށް ޖިންސީ ގުނަވަން ދެއްކި ފިރިހެނަކު ހައްޔަރުކޮށްފި

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތިން ކުޑަކުއްޖަަކަށް ޖިންސީ ގުނަވަން ދެއްކި ފިރިހެނަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި 36 އަހަރުގެ ދިވެއްސެއް ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށް މާލެއިން ހައްޔަރު ކޮށްފައި ވާކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ މައްސަލަތައް މިފަހުން ގިނަވަމުން ދާއިރު، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، އަދި ވ އަތޮޅު) ގައި ހިމެނޭ ރަށެއްގެ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ފުލުހަށް ހުށަހެޅި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ނުވާ ކަމެއް ވެސް މިހާތަނަށް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

މިފަހުން ވެސް ސުކޫލެއްގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.

comment ކޮމެންޓް