ސައުތު އެފްރިކާގެ ކްރިކެޓް ލެޖެންޑް ޑެ ވިލިއާސް ކުޅުން ހުއްޓާލައިފި

ސައުތު އެފްރިކާގެ ކްރިކެޓް ލެޖެންޑް އޭބީ ޑެ ވިލިއާސް

ސައުތު އެފްރިކާގެ ކްރިކެޓް ލެޖެންޑް އޭބީ ޑެ ވިލިއާސް ކްރިކެޓުގެ ހުރިހާ ހަރަކާތަކުން ރިޓަރަޔަރ ކޮށްފިއެވެ.

ވިލިއާސް 37، ރަސްމީކޮށް ކްރިކެޓް ކުޅުން ހުއްޓާލިކަން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ. ކްރިކެޓުގެ ކާމިޔާބު ކެރިއަރެއް ނިންމާލި ވިލިއާސް ގައުމީ ޓީމަށް 114 މެޗު (އޮފިޝަލްކޮށް ގުނާ) ކުޅެދީފައިވާ އިރު، ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) 228 މެޗާއި 78 ޓީ20 މެޗު ވަނީ ކުޅެފައެވެ.

ސައުތު އެފްރިކާ ދުއް އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ، ވިލިއާސް ރަސްމީކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރުއެވެ. އެކަމަކު އޭގެ ފަހުން ވެސް އިންޑިއަން ޕްރިމިއާ ލީގުގައި ބެންގަލޫރުގެ ރޯޔަލް ޗެލެންޖާސްއަށް ވަނީ ކުޅެދީފައެވެ.

"ކްރިކެޓްގެ ހަޔާތް ވަރަށް ކާމިޔާބު، އަދި އެހާމެ ހިތްހަމަ ޖެހޭ ގިނަ ކަންތައްތަކެއް ދިމާވި. އެކަމަކު އެންމެ ލޯބިވާ ކްރިކެޓް ކުޅުން ހުއްޓާލަން ނިންމައިފިން،" ވިލިއާސް އިއްޔެ ޓްވިޓާ މެދުވެރިކޮށް ބުނެފައިވެއެވެ.

ޑެ ވިލިއާސް ކްރިކެޓަށް ނުކުމެ ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ މެޗެއް ކުޅުނީ 2004 ވަނަ އަހަރުއެވެ. އިންގްލޭންޑާ ދެކޮޅަށް ކުޅުނު އެ މެޗަށްފަހު އޭނާ 2018 ވަނަ އަހަރު ސައުތު އެފްރިކާއަށް ކުޅެދިން އެންމެ ފަހު މެޗު ކުޅުނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

ޑެ ވިލިއާސް ވަނީ އޭނަގެ ކެރިއަރުގައި ޖުމުލަ 8,765 ލަނޑު ހަދައިފައެވެ. އޭނާ ކުޅުނު މެޗުތަކަށްބަލާއިރު، އެވެރަޖް އަކަށް 50.66 ލަނޑު ވަނީ ހަދައިފައެވެ. އަދި އެހެންމެ 22 ސެންޗަރީއާއި 222 ބޯޅަ ވަނީ ހިފައިފައެވެ.

"ކްރިކެޓް އަހަންނަށް ވަރަށް ބޮޑެތި ފިލާވަޅުތަކެއް ދީފި. މި ނިންމުން ކުއްލިޔަކަށް އިއުލާން ކުރި ނަމަވެސް މި ކުޅިވަރުގައި އަހަރެން ބޭނުން ކަންކަން ހާސިލް ވެއްޖެ."

comment ކޮމެންޓް